ފޮނަދޫ "ޑިގް އިޓް ފިއުލް": މިތަން ހުންނަނީ ފޮނަދޫ ބަނދަރު ސަރަޙައްދުގައި
ސަރުކާރުގެ ތެޔޮ ވިއްކާ ކުންފުނި އެސް.ޓީ.އޯ އިން ތެލުގެ އަގުހެޔޮކުރުމަށް ނިންމެވި ނިންމުމާ ގުޅިގެން ފޮނަދޫގައި ތެޔޮ ވިއްކާ "ޑިގް އިޓް ފިއުލް" އިން ތެލުގެ އަގު ހެޔޮކޮށް އެންމެން ހެއްވާލައިފިއެވެ.
އިއްޔެ އެސް.ޓީ.އޯ އިން ތެލުގެ އަގު ހެޔޮ ކުރީ ޕެޓްރޯލުން 40 ލާރި އަދި ޑީސަލުން 45 ލާރިއެވެ. މިބަދަލާއެކު "ޑިގް އިޓް" އިން ވަނީ މިއަދު ހެނދުނުން ފެށިގެން ހަމަ މިރޭޓުން އަގުހެޔޮ ކޮށްލާފައެވެ. އެގޮތުން ކުރިން ޑިގް އިޓް ފިއުލްއިން ޕެޓްރޯލް ލީޓަރެއް 18ރ އަށް ވިއްކި ނަމަވެސް މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް 17.60ރ. އަށް ހެޔޮކޮށްފިއެވެ. އިއްޔެ އެތަނުން ޑީސަލް ލީޓަރެއް 17ރ. އަށް ވިއްކި ނަމަވެސް މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކަނީ 16.55ރ. އަށެވެ. ޢާންމުގޮތެއްގައި ތެޔޮ ވިއްކާ ތަންތަނުން މާލޭން ތެޔޮ ވިއްކާ އަގުބޮޑު ކޮށްލާއިރަށް އެބޭފުޅުންގެ އަތުގައި ހުންނަ ތެލުގެ އަގުވެސް ބޮޑުކޮށްލައެވެ. ނަމަވެސް ހެޔޮވުމުން އަގުހެޔޮކުރަނީ އާސްޓޮކް ލިބުމުންނެވެ. އެއާ ޚިލާފަށް ޑިގް އިޓް ފިއުލް އިން މިވަނީ އަގަށް ހެޔޮ ބަދަލުގެނެސް ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް އުފާވެރިކަން ގެނެސްދީފައެވެ.
ހައްދުންމަތީގެ އެންމެ ބޮޑު އާބާދީއެއް އޮތް ގަމުގައި ތެޔޮ ވިއްކާ އަގުބޮޑުވުމުގެ ޝަކުވާ އާއި އެސް.ޓީ.އޯ އިން ތެލުގެ އަގަށް ބަދަލުގެނަޔަސް ގަމުގައި ތެޔޮ ވިއްކާ ފަރާތްތަކުން އެކަށީގެންވާ ހެޔޮ ބަދަލެއް ނުގެންނަ ކަމުގެ ޝަކުވާ ގަމުގެ ރައްޔިތުން ކުރެއެވެ. އެގޮތުން އިއްޔެ އާ ހަމައަށް ފޮނަދޫގައި 18ރ. އަށް ޕެޓްރޯލް ލީޓަރެއް ވިއްކި އިރު ގަމުގައި ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 19.74ރ އަށެވެ. ފޮނަދޫގައި އިއްޔެ އާ ހަމައަށް 17ރ. އަށް ޑީސަލް ލީޓަރެއް ވިއްކި އިރު ގަމުގައި ޑީސަލް ވިއްކީ 19.84ރ. އަށެވެ. ގަމުގެ ތެޔޮ ފިހާރަތަކުން މިއަދު ތެލުގެ އަގުވަނީ އެސް.ޓީ.އޯ އިން އަގުހެޔޮ ކުރި މިންގަނޑުން ޕެޓްރޯލް ލީޓަރަކުން 40 ލާރި އަދި ޑީސަލް ލީޓަރަކުން 45 ލާރި ހެޔޮކޮށް ޕެޓްރޯލް ލީޓަރެއް 19.34ރ އަށް ޑީސަލް ލީޓަރެއް 19.39ރ. އަށް ވިއްކަން ފަށައިފައެވެ. ނަމަވެސް ގިނަ ރައްޔިތުންގެ ޝަކުވާއަކީ އަދިވެސް ގަމުން ތެޔޮ ވިއްކަނީ ފޮނަދޫއަށްވުރެ މާބޮޑުކޮށްކަމެވެ. އެގޮތުން ފޮނަދޫއަށް ވުރެ ގަމުން ޕެޓްރޯލް ވިއްކާ އަގު 1.74ރ ބޮޑެވެ. އަދި ގަމުގައި ޑީސަލް ވިއްކާ ރޭޓް ފޮނަދޫން ވިއްކާ ރޭޓަށްވުރެ 2.84ރ ބޮޑެވެ.
ފޮނަދޫގެ ތެޔޮ ފިހާރަތަކުންވެސް ގަމުގެ ތެޔޮފިހާރަތަކުންވެސް ވިއްކަނީ އެސް.ޓީ.އޯގެ ތެލެވެ. މިވަރުގެ ބޮޑު ފަރަޤެއް ހުރުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަން ލާމުން ނަށް މަޢުލޫމާތު ދެއްވި ބޭފުޅުން ފާހަގަ ކުރައްވައެވެ. ގިނަ ބޭފުޅުން ބުނުއްވާ ގޮތުގައި އެބޭފުޅުން މިހާރު ތެޔޮ އަޅަން ދަނީ ފޮނަދޫގެ ތެޔޮފިހާރަތަކަށެވެ. ފޮނަދޫގެ ތެޔޮ ފިހާރަތަކުންވެސް ފާހަގަކުރައްވާ ގޮތުގައި ފަހަކަށް އައިސް ގަމުގެ ވެހިކަލްތަކަށް ތެޔޮއެޅުމަށް އެތަންތަނަށް އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގަމުގައި ދެވަނަ ފަރާތަކުން ތެޔޮ ވިއްކުމަށް ގަމު ކައުންސިލުން ފުރުޞަތުދީފައިވަނީ އެންމެ ފަރާތަކުން ތެޔޮ ވިއްކުމަށް ހުއްދަ ދީފައި އޮތުމުން އަގުބޮޑުކޮށް ތެޔޮ ވިއްކުމުގެ ފުރުޞަތުކުޑަކުރުމަށެވެ. ނަމަވެސް ނަތީޖާއެއް ނުނިކުތުމަކީ ގަމުގެ ރައްޔިތުން ކަންބޮޑުވާކަމެކެވެ. މިދިޔަ ސަރުކާރަށްވެސް ހައްލުނުވެ އައު ސަރުކާރަށްވެސް ހައްލުނުވެ އޮންނަ ދާއިމީ ޝަކުވާގެ ލިސްޓްގައި ބާއްވަންޖެހޭ މައްސަލައެއްތޯ ރައްޔިތުން ސުވާލުކުރާ މައްސަލައެކެވެ.
0%
0%
0%
0%
0%
27 ޑިސެންބަރު 2023
0
23 ޑިސެންބަރު 2023
0
29 ނޮވެންބަރު 2023
0
15 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޑިސެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
25 ނޮވެންބަރު 2023
1