މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

Maavashu Kilaagandu Saafukuranfashaifi

މާވަށު ކައުންސިލާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން މާވަށު ކުޅި ނުވަތަ"ކިލާގަނޑު" އިހު އޮތްގޮތަށް އިޢާދަކުރުމަށްޓަކައި އެސަރަޙައްދު ސާފުކުރުމުގެ މަސައްކަތްކުރަން ފަށައިފިއެވެ. އެގޮތުން ރަށުގެ އެންމެންގުޅިގެން މާވަށު ކުޅި ނުވަތަ"ކިލާގަނޑު" އިހު އޮތްގޮތަށް އިޢާދަކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު 6 ޖެހިއިރު ފެށި މަސައްކަތުގައި ރަށުގެ މުއައްސަސާތަކާއި ވިޔަފާރިތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި ރަށުގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. 
ކުޅި ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިޔަށްދާ ފުރަތަމަ ހަރަކާތުގައި ރާވައިފައިއޮތީ، އެސަރަޙައްދު ވަކިކުރުމަށް ކައުންސިލުން ޖަހާފައިވާ ފެންސުގެ އެތެރޭގައި ހުރި ހުރިހާ ކުނިބުންޏެއް ނަގާ ސާފުކުރުމަށެވެ.  މީގެ އިތުރުން މި ސަރަހައްދުގައިވާ ކިލާގަނޑާ ނުގުޅޭ ބާވަތްބާވަތުގެ ވިނަ އާއި ގަސްތައް ނެގުމުގެ މަސައްކަތްވެސް މިއަދު ކުރެވުނެވެ.

 
މާވަށު ކިލާގަނޑު ސާފުކުރުމުގެ މަސައްކަތުގައި މާވަށު ޒުވާނުން ޙަރަކާތްތެރިވަނީ  (ފޮޓޯ: އަޙުމަދު މޫސާ/ފޭސްބުކް)


މާވަށު ކުޅި ނުވަތަ"ކިލާގަނޑު" އިހު އޮތްގޮތަށް އިޢާދަކޮށް ހިތްފަސޭހަ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކުރުމަކީ ރަށުގެ ކައުންސިލާއި ޒުވާނުންގެވެސް ވަރަށް ބޮޑު އުންމީދެކެވެ. 

ލިޔުން ޙިއްސާ ކުރައްވާ

1 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

އާސިމް

25 ނޮވެންބަރު 2023

ކޮބާ ލިޔުނު މީހާ؟؟؟

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1