ފޮޓޯ: ލ.ގަން
ލިޔުނީ: މަރިޔަމް އިބްރާހިމް
23 ޖަނަވަރީ 2024
0
ލ.ގަމުގައި ރޭގެ ވަގުތެއްގައި ބިދޭސީއެއް ދަންޖެހި މަރުވެފައިހުއްޓާ ފެނިއްޖެއެވެ. މީނާ ފެނިފައިވަނީ ރޭ އެގާރަގަޑި ތިރީސް އެހާއިރުއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ދަންޖެހި މަރުވެފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. މީނާ ފެނުނުއިރުވެސް ހުރީ މަރުވެފައިކަމަށް މަންޒަރުދުއް މީހުން މަޢުލޫމާތުދީފައިވެއެވެ.
ދަންޖެހިފައިހުއްޓާ ފެނިފައިވަނީ ދަނޑުވެރިކަންކުރުމަށް މަސައްކަތްކުރާ ސަރަޙައްދެއްގައި ހުރި އެކަމަޑޭޝަނެއްގެ ތެރެއިންނެވެ. މި އެކަމަޑޭޝަނާ ހަވާލުވެހުރި ފަރާތުން ބުނެފައިވަނީ މަރުވެފައިވަނީ އޭނާގެ މުވައްޒަފެއް ނޫންކަމަށާއި އެއީ ކާކުކަން އޭނާއަށް ނޭނގޭކަމަށެވެ.
ލާމުންނަށް އެނގިފައިވާ ގޮތުގައި ދަންޖެހިފައިވާ މީހާ ލ.ގަމަށް އައިސްފައިވަނީ ގަމުގައި މަސައްކަތްކުރުމަށްޓަކައި މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. އަދި މީނާއަކީ ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮތްމީހެއްނޫންކަމަށް މަޢުލޫމާތުލިބިފައިވެއެވެެ.
މިހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ މީހުން އަމިއްލައަށް މަރުވާ ހާދިސާއާއި އެފަދަ މަރުކަމަށް ބެލެވޭ މައްސަލަތަކުގެ އެއްވެސް ތަފްސީލެއް އެފަރާތުން އާންމުނުކުރާ ކަމަށެވެ. އެހެންކަމުން، މިހާދިސާއާއި ގުޅިގެން ރަސްމީ އެއްވެސް މަޢުލޫމާތެއް އަދި ލިބިފައިނުވެއެވެ.
މީނާގެ ހަށިގަނޑު މިހާރު އޮތީ ގަމު މަތިމަރަދޫ އަވަށު ހިނަވާގޭގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
18 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1