އެމް.އެން.ޔޫގެ ކޯސްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

MNU ge course thakah edhi hushahelhumuge muhdhathu ithurukoffi

އެމް.އެން.ޔޫ ގްރެޖުއޭޝަން

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ފެބްރުއަރީ އިންޓޭކް ކޯސްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮއްފިއެވެ. އެމް.އެން.ޔޫ ގެ ކޯސްތަކަަށް އެދި ހުޅަހެޅުމުގެ ފަހު ތާރީހަކީ 25 ޖަނަވަރީ ކަމުގައި އޮތްނަމަވެސް މިހާރު އެ ތާރީހް ވަނީ ފެބްރުވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 14:00އާ ހިސާބަށް އިތުރުކޮށްފައެވެ.

ގިނަ އަދަދެއްގެ ކޯސްތަކަކަށް އެދުމުގެ ފުރުސަތު މިއަހަރުވެސް ހުޅުވާލާފައިވާއިރު، ލ.ގަން ކެމްޕަހުގައިވެސް ހަތަރު ކޯހަކަށް އެދި ހުށަހެޅުމުގެ މުއްދަތު މިވަނީ އިތުރުކޮއްފައެވެ. އޭގެ ތެރޭގައި އެޑްވާންސް ސެޓްފިކެޓް އިން އެޑިއުކޭޝަން، އެޑްވާންސް ސެޓްފިކެޓް އިން ސޯސަލް ސަރވިސް ވޯކް، އެޑްވާންސް ސެޓްފިކެޓް އިން އެންވާރަމެންޓަލް މެނޭޖްމެންޓް އަދި ބެޗެލާސް އޮފް ނަރސިންގ ކޯސް ހިމެނެއެވެ.  

އެޑްވާންސް ސެޓްފިކެޓް އިން ސޯޝަލް ސަރވިސް ވޯކް ކިޔަވައިގެން އިޖްތިމާއީ މަސައްކަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިވެއެވެ. މިކޯސް ނިންމާފައި އިޖްތިމާއީ މަސައްކަތުގެ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުގެ އިތުރުން މި ކޯހުން ކިޔަވައިގެން ވަރަށް ގިނަ ދާއިރާ ތަކަކުން ވަޒީފާ ލިބުމުގެ ފުރުސަތުވެސް ފުޅާވެގެން ދެއެވެ. މިކޯހުގައި ކިޔެވުމަށް 3 ސްކޮލަރޝިޕް ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުޅުވާލާފައިވާއިރު ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ 4 ދަރިވަރަކަށް ސްކޮލަރޝިޕް ދޭން ނިންމާފައެވެ. 

އެޑްވާންސް ސެޓްފިކެޓް އިން އެޑިއުކޭޝަން ކިޔަވައިގެން ތައުލީމީ ދާއިރާއިން ކުރިއަށް ދިއުމުގެ މަގުފަހިވެއެވެ. އެގޮތުން މި ކޯސް ނިންމާފައި ތައުލީމީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތުތަކާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

އެޑްވާންސް ސެޓްފިކެޓް އިން އެންވާރަމެންޓަލް މެނޭޖްމެންޓް ކޯހަކީ ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިން ހުންނަ ފަރާތްތަކާއި އަދި މިހާރުވެސް މި ދާއިރާގައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް ހާއްސަކޯހެކެވެ.

މީގެ އިތުރުން، ބެޗެލަރ އޮފް ނަރސިންގ ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތަށްއެދި ހުށަޅުމަށްވެސްވަނީ ހުޅުވާލާފައެވެ. މިކޯހުގައި ބައިވެރިވެވޭނީ އެޑްވާންސް ޑިޕްލޮމާ އިން ނަރސިންގ ނިންމާފައިވާ ފަރާތްތަކަށެވެ.

މީގެ ތެރޭގައި ހިމެނޭ އެޑްވާންސް ސެޓްފިކެޓްގެ ކޯސްތަކަކީ އޯލެވެލް އަދި އެސްއެސްސީއިން ރަނގަޅު ނަތީޖާއެއް ނުނެރެވިފައިވީ ނަމަވެސް ކިޔަވައިގެން ކުރިއަށް ދިއުމުގެ ފުރުސަތުލިބިދޭ ކޯސްތަކެކެވެ. މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު އުމުރުން އަށާރަ އަހަރު ވެފައިވާ ފަރާތްތަކަށްވެސް މިކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދެއެވެ.

މުއްދަތު އިތުރުކުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓް https://mnu.edu.mv/registration ގައި ޝާއިއު ކުރެވިފައިވެއެވެ.  އަދި މި ލިސްޓަށް ބަދަލު އަންނަވަރަކުން ޔުނިވަރސިޓީގެ ވެބްސައިޓްގައި އަދާހަމަ ކުރެވެމުން ދެއެވެ.
ކޯސްތަކާ ބެހޭ  އިތުރު މަޢުލޫމާތު https://courses.mnu.edu.mv އިން ލިބެން ހުރިއިރު، ކޯސްތަކަށް އެޕްލައިކުރެވެނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އަދި އިތުރު މަޢުލޫމާތު studentservices@mnu.edu.mv އަށް މެއިލް ކުރެއްވުމުން އަދި 1445 ނަމްބަރުން ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1