ލިޔުނީ: ޠާހާ އަބޫބަކުރު
15 ޑިސެންބަރު 2023
0
ރައީސް ވަޑައިގަންނަވާތީ ވެރީން އަންގަވާފައިއޮތީ އެހެންޏާ މަސައްކަތުގެ ފޯރި ނަގާ ވަރަށްވުރެވެސް ފޯރިގަދަކޮށްގެން މަސައްކަތްކުރުމަށެވެ. ހައްދުންމަތީގައި ވައިގެ ބަނދަރު ހަދަމުންދިޔަ ކައްދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ ކަނޑުމަގުންނެވެ. ރަންވޭ ހެދުމަށްޓަކައި ގައު ލަފާ މީހުން ގައު ލަފަނީއެވެ. ގައު ގޮޅިޖަހާމީހުން ގައު ގޮޅި ޖަހަނީއެވެ. ގައުތަޅާ މީހުން ގައު ތަޅަނީއެވެ. މާކަ ގިނަ މެޝިނަރީތަކެެއް އަމުދުން ނެތެވެ. މައިގަނޑު ގޮތެއްގައި ހުރިހައިކަމެއްހެން ކުރަމުން ދިޔައީ އިންސާނުންގެ ދެއަތުންނެވެ. ރާއްްޖޭގެތެރޭގައި ހުޅުލެފިޔަވައި އެހެން ރަށެއްގައި ދިވެހީން ހަދާ ފުރަތަމަ އެއަރޕޯރޓް އަޅަމުންދަނީ ހައްދުންމަތީގައި ކަމަށްވާތީ މިމަސައްކަތުގައި އެންމެންވެސް ބައިވެރިވީ އާދަޔާ ޚިލާފު ރޫޙެއްގައެވެ. މަސައްކަތުގައި އެންމެން ހޭބޯނާރައި އުޅެނިކޮށް މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވާލައްވުމަށްޓަކައި ރަށުތެރެއަށް ރައީސް ވަޑައިގަންނަވައިފިއެވެ.
ރައީސް ޝައުޤުވެރިވެވަޑައިގެން މަޑުކުރެއްވި އެއްތަނަކުން ފެނިވަޑައިގަތީ ގައު ތަޅަން އިން ކުޑަކުޑަ ކުއްޖެކެވެ. ސިފަ ވަކި ނުވާ ވަރަށް ތަތްތެޅިފައިވަނީ ގައު ކުނޑިންނެވެ. ގައުކުނޑިން ފެންވަރައިގެންް ހުރި ކަހަލައެވެ. އެވަރުގެ ކުޑަކުއްޖަކު ލައްވައި އެހައި ބުރަ މަސައްކަތް ކުރުވާތީ ރައީސް ހިތްޕުޅާ ނުކުރައްވައި މިއީ މައިންބަފައިން ނެތް ކުއްޖެއް ކަމަށްވެސް ވެދާނެތީ، މަންމަ އާއި ބައްޕަ ކޮބައިތޯ އައްސަވައިފިއެވެ. ކުޑަކުޑަ އިސްމާޢީލް ޢަބުދު ﷲ އަށް އެއްވެސް ވާހަކައެއް ދަންނަވަން ނުކެރި ހިނިތުންވެލަންވެސް ނޭނގިފައި ހުރެވުނީއެވެ. ރައީސަށް ޖަވާބު އެރުވީ ކައިރު ތުއްތު މަނިކާއި ކުނޑި ސަލީމެވެ.
މިދެންނެވީ ކައްދޫ އެއަރޕޯރޓް ހެދުމުގެ މަސަައްކަތުންފެށިގެން ކައްދޫގައި ވަޒީފާ އަދާކުރަމުންދާ ލ.ފޮނަދޫ މާބުލް އިސްމާޢީލް ޢަބުދު ﷲ ގެ ވާހަކައެވެ. އުމުރުން ޅަވެފައި އިސްކޮޅުން ކުރަކަސް އޭނާގެ ސާބިތުކަމަކަށް ބަދަލެއް ނާދެއެވެ. މަސައްކަތްކުރަމުންދިޔައި ޝައުޤުވެރިކަމާއެކުގައެވެ. ކައްދޫ އެއަރޕޯރޓްގެ އެކިއެކި މަސައްކަތްތަކުގައި ދެއްކި ހިތްވަރާއި ހުނަރުވެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުން ސިފައިންގެ މަރުކަޒު ހުޅުވަން ތައްޔާރުވަމުން ދިޔަ ދުވަސްވަރުގައި، 18 އޮކްޓޯބަރ 1993މ. ގައި އެތަނުގެ މަސައްކަތު މީހުންގެ ވަޒީފާއަށް އެންމެ ފުރަތަމަ ނެގި ދެ މުވައްޒަފުންގެ ތެރެއިން އެކަކީ އިސްމާޢީލް ޢަބުދު ﷲ އެވެ. އެދުވަހުން ފެށިގެން ވެއަތުވެދިޔަ 26 އަހަރުގައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދަނީއެވެ. ވަޒީފާއަކީ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އެކަމަކު ކުރާ މަސައްކަތަކީ ރޭނުމާ ސިމެންތިޖެހުމާއި ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތެކެވެ. ކައްދޫ ގައި އަޅުގަނޑު އަދާކުރަން ޖެހުނު މަސްޢޫލިއްޔަތުގެ ގޮތުން އަޅުގަނޑަށްވަނީ އިސްމާޢީލް ޢަބުދު ﷲ ގެ މަސައްކަތް ނުހަނު ގާތުން ފެނިފައެވެ. ވަކީން ޚާއްޞަކޮށް ލ.ކަޅައިދޫގައި އެމް.އެން.ޑީ.އެފްގެ މަރުކަޒެއް ޤާއިމުކުރުމަށާއި ދ.ކުޑަހުވަދޫގައި އެމް.އެން.ޑީ.އެފްގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތަކީ ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރެވުނު ވަރަށް ޚާއްޞަ ދެމަސައްކަތެވެ. މިފަދަ ކޮންމެ މަސައްކަތެއްގައި ވެސް އިސްމާޢީލް ޢަބުދު ﷲ ގެ މުރާލިކަމާއި، ކަމަށްކަމޭ ހިތުމާއި، ހުނަރުވެރިކަމާއި، އިޚުލާޞްތެރިކަން ފާހަގަ ކުރެވުނެވެ.
މިފޮޓޯ ނެގީ ކައްދޫގައި ސިފައިންގެ ޚިދުމަތް ދެމުން ގެންދާތާ 26 އަހަރު ފާހަގަކުރުމަށް ހުސްވި ޖަނަވަރީ މަހު 27 ވަނަ ދުވަހުގެރޭގައި ބޭއްވި ހަފުލާތެރޭގައެވެ. 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުޅަ ސިވިލްސްޓާފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ހަނދާނީ ފިލާ އޭނާއަށްވެސް ލިބުނެވެ.
މިފަދަ ހުނަރުވެރި ޚިދުމަތްތެރީންގެ ވާހަކައަކީ އެހާ ޢާންމު ވާހަކަތަކެއް ނޫނެވެ. އެމީހުންގެ ޚިދުމަތް ތިލަނުވެ، އުޅުނު ބައެއްކަންވެސް ނުއެނގި އެހަނދާންތައް ޒަމާނާއެކުވެ ހިނގައިދަނީ ނޫންތޯއެވެ. ތާޖު މަހަލް ބިނާކުރުމުގެ މަސައްކަތްކުރި މީހުންގެ ޤުރުބާނީގެ ވާހަކަވެސް ނުއިވޭ ނޫންތޯއެވެ؟
(ނޯޓް: މިލިޔުމަކީ 2020 ވަނަ އަހަރުގެ ފެބުރުއަރީ 3 ވަނަ ދުވަހު އަޅުގަނޑުގެ ފޭސްބުކް ޕޭޖްގައި ލިޔުނު ލިޔުމެކެވެ.)
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޑިސެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
25 ނޮވެންބަރު 2023
1