ތައުލީމީމަރުކަޒުގެ އިދާރީބައިގެ ޚިދުމަތްތެރިޔާ: ޢަޒީ

LAEC Idhaareebaige Khidhumaiytheriyaa : Azee

ޢަބްދުލްޢަޒީޒް ޢަބްދުލްކަރީމް / ފިނިވާގެ، ލ.ފޮނަދޫ

ހައްދުންމަތީ ފޮނަދޫ ފިނިވާގޭ ޢަބްދުލްޢަޒީޒް ޢަބްދުލްކަރީމަކީ 20 ވަނަ ޤަރުނުގައި ހައްދުންމަތީގެ ޚިދުމަތްތެރިންގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ ޚިދުމަތްތެރިޔެއް ކަމުގައިވާ ފޮނަދޫ ޢަބުދުލްކަރީމް ކަލޭގެފާނު ނުވަތަ މަޝްހޫރު ފޮނަދޫ ކަލޭފާނުގެ ބޭފުޅެކެވެ. 

 
ޢަބުދުލްޢަޒީޒް ޢަބުދުލްކަރީމްގެ ޚިދުމަތުގެ ކުރީކޮޅު ޖަލްސާއެއްގައި

ޢަބްދުލްޢަޒީޒް ޢަބްދުލްކަރީމް، ސަރުކާރުގެ ޚިދުމަތަށް ނުކުމެވަޑައިގަތީ، ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދެނަންބަރު ކާތިބެއްގެ ވަޒީފާއިންނެވެ. 1983 އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އެ މަރުކަޒުގެ ސެކްރެޓެރީކަމާއި، ސީނިއަރ ސެކްރެޓެރީކަމުގެ މަގާމު ޢަބްދުލްޢަޒީޒް އަދާކުރެއްވުމަށްފަހު މިހާރު ހުންނެވީ، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.

ޢަބްދުލްޢަޒީޒަކީ، ތަޢުލީމީ މަރުކަޒުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި، ފައިސާއާބެހޭ މަސައްކަތްތަކާއި، ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރެއްވުމުގެ މަސައްކަތް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ސްކޫލު ހުޅުވަންޖެހޭ ވަގުތަށް ހުޅުވައި ލެއްޕުމުގެ ޒިންމާއަކީވެސް ޢަބްދުލްޢަޒީޒް އިސްނަންގަވައިގެން ވަރަށް ބަރާބަރަށް ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. އަބަދުވެސް ސާފުތާހިރު ވެށްޓެއްގެގޮތުގައި ސްކޫލް ބޭއްވެވުމުގެގޮތުން ޗެކްލިސްޓެއް ހައްދަވައިގެން ކޮންމެ ދުވަހަކުވެސް އެދުވަހަކު ކުރަންޖެހޭ މަސައްކަތްތައް ކުރުވުމުގައްޔާއި، އެކިއެކި ބޭނުންތަކުގައި ސްކޫލަށް ޒިޔާރަތްކުރާ މީހުންނާ ބައްދަލުކުރައްވައި، އެމީހުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވުމުގައިވެސް ޢަބްދުލްޢަޒީޒް އިސްވެ ޙަރަކާތްތެރިވެވަޑައިގަންނަވައެވެ.

ތަޢުލީމީ މަރުކަޒުގައި ޖާގައިގެ ދަތިކަން ބޮޑުވުމުން ސަރުކާރުން ތަކެތި ދެއްވުމުން ބެލެނިވެރިންނާ ގުޅިގެން، ރައްޔިތުންނާއި، ބެލެނިވެރިންނާއި، ވިޔަފާރިވެރިންނާއި، ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީ ހޯއްދަވައިގެން ސްކޫލުގައި 3 ކްލާސްރޫމާއި، ސައިންސް ލެބޯރެޓަރީއެއް ޤާއިމުކުރެއްވުމުގެ މަސައްކަތުގައިވެސް އެންމެ އިސްކޮށް އުޅުއްވީ ޢަބްދުލްޢަޒީޒް ޢަބްދުލްކަރީމެވެ. ދިރާސީ އަހަރު ފެށެންވާއިރަށް ސްކޫލު ތައްޔާރުކުރެއްވުމުގައިވެސް ޢަބްދުލްޢަޒީޒްގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބެމުން ދެއެވެ.

ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 38 އަހަރަށްވުރެން ގިނަދުވަސްވުމާ ގުޅިގެން ޢަބްދުލްޢަޒީޒް ޢަބްދުލްކަރީމްއަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވީ 26 ޑިސެމްބަރު 2021 ވީ އާދީއްތަ ދުވަހުގެ ރޭ މާލޭގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

މައުލޫމާތު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1