ފޯރަމްގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން.
ލިޔުނީ: މަރިޔަމް އިބްރާހިމް
1 ފެބުރުވަރީ 2024
0
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ސްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ރައްޔިތުންގެ ޚިޔާލުހޯދުމަށްޓަކައި ލ.ފޮނަދޫގައި ފޯރަމެއް ބާއްވައިފިއެވެ.
ލ.ގަން އަދި ފޮނަދޫގެ ސަރުކާރުގެ ބައެއް މުވައްސަސާތަކައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކުލަބް ޖަމްޢިއްޔާ އަދި އިސްރައްވެހިން ހިމެނޭގޮތަށް ބާއްވާފައިވާ މި ފޯރަމްގައި، މުޖުތަމަޢުގައި ހުރި މައްސަލަތަކާއި އަދި އެމައްސަލަތަށް ހައްލުކުރުމަށްޓަކައި، ފުލުހުން މިހާރުވެސް ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ބައިވެރިން ޚިޔާލު ހުށަހަަޅާފައިވެއެވެ.
މި ކޮމިއުނިޓީ ފޯރަމްގެ ޕެނަލިސްޓުންގޮތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދާއި ޗީފް އިސްޕެކްޓަރ އޮފް ޕޮލިސް އާއިޝަތު ނިޝާ އަބްދުﷲ މުފީދާއި އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް ޙަފީޡް އިބްރާހީމް ބައިވެރިވެވަޑައިގެންފައިވެއެވެ.
ފުލުހުން ޚިދުމަތް ދިނުމުގައި މިހާރު އެކުލަވާލާފައިވާ މަގުޗާޓު، އާ ފަސް އަހަރަކަށް އެކުލަވާލުމަށް މިއަހަރު މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ކޮމިއުނިޓީ ފޯރަމްތައް ބާއްވަމުންނެވެ. ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ އަޑު އަހައިގެން ފުލުހުންގެ މަސައްކަތް، ވީހާވެސް ބޮޑަށް އާންމުންނާ ގާތުން ދޭން މަސައްކަތް ކުރަމުން އަންނައިރު 2028 ވަނަ އަހަރާ ހަމައަށް މި މަގުޗާޓު އެކުލަވާލައި، މިއަހަރު މެއި މަހު ހިސާބު ރަސްމީކޮށް އާންމުކުރުމަށްވަނީ ރާވާފައެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1