ފޮނަދޫ ކައުންސިލުން ގެނެސްފައިވާ ވިނަކޮށާ މެޝިން
ލިޔުނީ: މަރިޔަމް އިބްރާހިމް
18 ޖަނަވަރީ 2024
0
ހައްދުންމަތީ ފޮނަދޫ ކައުންސިލުން އެރަށުގެ އިޖުތިމާއީ ބިންތަކުގެ ވިނަކޮށުމަށްޓަކައި ޓްރެކްޓަރަކާއި ވިނަކޮށާމެޝިނެއް ބޭނުންކުރަން ފަށައިފިއެވެ.
ފޮނަދޫ ކައުންސިލްގެ ރައީސް، އަހްމަދު ރިޔާޒް "ލާމުން"އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މި ޕްރޮޖެކްޓަކީ، ޒަމާނީ ޓެކްނޮލޮޖީއާއި މެޝިނަރީ އަދި އާ އީޖާދު ބޭނުންކޮއްގެން ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއްދިނުމަކީ ކައުންސިލްގެ ތަސައްވުރެއްކަމުގައި ވީހިނދު މިފަދަ ބިންތައް އެންމެ އެކަށޭނެ ގޮތަކަށް ސާފުކުރެވެންއޮތީ މިގޮތަށް ކަމަށް ފެންނާތީ ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއްކަމަށެވެ.
ފޮނަދޫގައި ފުޓްބޯޅަ ދަނޑު ސައިޒުގެ ފަސްވަރަކަށް ބިން އޮންނައިރު، ވޭތުވެދިޔަތާނގައި މިތަންތަން ސާފުކުރަނީ ބިޑް އުސޫލުން ބަޔަކާ ހަވާލުކޮއްގެނެވެ. ސާފުކުރުމަށް މިގޮތަށް މީހުނާ ހަވާލުކުރިނަމަވެސް އެކަށޭނަ މެޝިނަރީ ނުުހުންނާތީ މިބިންތައް އެންމެ އެދެވޭގޮތަށް ސާފުނުކުރެވޭކަން ރިޔާޒް ފާހަގަކުރެއްވިއެވެ. 'ބައެއްފަހަރު މިބިންތަކުގައި ވިނަބޯވެގެން ކުޅިވަރުކުޅުމަށް ދަތިވެގެން ރައްޔިތުން ކައުންސިލްގައި ޝަކުވާކޮއްފައިއެބަހުރި. ދެން މިޖެހެނީ ސާފުކުރަން ހަވާލުވިބައެއް ޖޫރިމަނާކުރަން ނުވަތަ އެބަޔަކު އަތުން އެ ބިން ނަގަން. އޭރުންވެސް މައްސަލައަކަށް ހައްލެއްނުލިބޭ. ރައްޔިތުންނަށް އެ ހިދުމަތެއްނުދެވޭ.' ރިޔާޒް ވިދާޅުވިއެވެ.
މި ބިންތަކުގައި މިހާރު ވިނަކޮށަމުންގެންދާނީ ސީދާ ކައުންސިލުންކަމަށްވީހިނދު، ކޮންމެ މަހަކުވެސް އެއްވެސް ދަތިކަމަކާނުލާ ހުރިހާ ބިމެއްގައި ވިނަކޮށާލެވޭކަމަށާއި މިކަމުގެ ހިތްހަމަޖެހުން ކައުންސިލަށާއި ރައްޔިތުންނަށް އޮތްކަމުގައި ރިޔާޒް ވިދާޅުވިއެވެ.
ބިޑު އުސޫލުން ކުންފުންޏަކާ ހަވާލުކޮއްގެން ސީދާ ކައުންސިލް ބަޖެޓުން ގާތްގަނޑަކަށް އަށްލައްކަ ރުފިޔާ ހަރަދުކޮއްގެން މި ވެހިކަލް ގަނެފައިވީނަމަވެސް ދުރު ރާސްތާއަށް ބަލާއިރު މިކަމަށް ކުރަންޖެހޭ ހަރަދު ކުޑަވެފައި ފައިދާވާނެކަމަށާއި ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށުގެ ތާރުމަގުތައް ފިހިގަނޑުންނާއި އިލޮށިފަތިން ސާފުކުރުމުގެ ބަދަލުގައި މަގު ސާފުކުރުމަށް ހާއްސަ ރޯޑް ސްވީޕަރ ފަދަ ވެހިކަލްއެއް ހޯދުމަށްޓަކައި ބަޖެޓު ހޯދުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް ރިޔާޒް ފާހަގަކުރެއްވިއެވެ.
ފޮނަދޫ ކައުންސިލަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ޒަމާނީ ޓެކްނޮލޮޖީއާއި އާ އީޖާދުތަކަށް ލޯބިކުރާ ހިންގުންތެރި ކައުންސިލެއްގޮތުގައި ފާހަގަކޮއްލެވޭ ކައުންސިލެކެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1