މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ހިޔަލަ ވީކެންޑް މާކެޓް ހުޅުވައިދެއްވަނީ
ލިޔުނީ: މަރިޔަމް އިބްރާހިމް
21 ޖަނަވަރީ 2024
0
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ވިޔަފާރިވެރި އަންހެނުންނަށް ހާއްސަކޮށް ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯންތައް ދޫކުރަން ނިންމާފައިވާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މިމަހު 19 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ހުޅުވި 'ހިޔަލަ ވީކެންޑް މާކެޓް' ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ހިޔަލަ ވީކެންޑް މާކެޓަކީ، އަންހެނުން ގޭގައި ތިބެގެން އުފައްދާާ ތަކެތި ވިއްކުމަށް މަގު ފަހިކުރުމަށް ހުޅުމާލެއިން ކުޑަކުލީގައި ހާއްސަތަނެއް އަންހެނުންނަށް ހަމަޖައްސައިދެއްވުމަށް ރައީސް ޑރ. މުއިއްޒު ވެލައްވާފައިވާ ވައުދުގެދަށުން ހުޅުމާލޭގައި ހުޅުވި މާކެޓެކެވެ. މިމާކެޓް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ ކޮންމެ ހަފްތާއެއްގެވެސް ހަފްތާ ބަންދުގައެވެ.
މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ހިޔަލަ ވީކެންޑް މާކެޓް ބައްލަވައިލައްވަނީ
މީގެ އިތުރުން ކުދި ވިޔަފާރިތަކަށް ހާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮއްދިނުމަށް ހާއްސަ ލޯނެއްވެސް ވަރަށް އަވަހަށް ތައާރަފްކުރެވިގެންދާނެކަމަށް މިނިސްޓަރ ވަނީ މިރަސްމިއްޔާތުގައި ވިދާޅުވެފައެވެ.
އަންހެނުން މާލީ ގޮތުން ފުދުންތެރި ބަޔަކަށްވުމުގެ މުހިއްމުކަމާމެދު ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ އަންހެނުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒުކަމަށާއި އުފާވެރި އަބުރުވެރި ދިރިއުޅުމަކަށް ފުއްދުންތެރިކަމަކީ މުހިއްމުކަމެއްކަމަށާއި އާއިލާއެއްގައިހުންނަ އަންހެނަކު ފުއްދުންތެރިމީހަކަށްވުމުން މުޅި އާއިލާއަށް އެކަމުގެ އުފާވެރިކަންކުރާކަމަށެވެ.
އަދި އެރޭ ހުޅުވިފައިވާ މާކެޓްފަދަ މާކެޓްތަށް ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް ހުންނަކަމަށާއި އެ މާކެޓްތަކަކީ އެގައުމުތަކުގެ އާންމުންނާއި ފަތުރުވެރިންގެ މެދުގައި މަގްބޫލުތަންތަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، އަންހެނުން ބާރުވެރިކުރުވުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ސަރުކާރުން ގަބޫލުކުރާކަމަށާއި ސަރުކާރުން ފަހިކޮއްދޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ވީހާވެސް ގިނަ އަންހެނުން ހިފުމަށް މިނިސްޓަރ އެދިވަޑައިގެންފައިވެއެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
18 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1