އައިޝަތު ލީޒާ ކައުންސިލްގެ ހަރަކާތެއްގައި ބައިވެރިވެލައްވަނީ
ލިޔުނީ: މަރިޔަމް އިބްރާހިމް
22 ޖަނަވަރީ 2024
0
ލ.ގަން ކައުންސިލްގެ ކައުންސިލް މެންބަރު އާއިޝަތު ލީޒާ ކައުންސިލަރުކަމުން އިސްތިއުފާދެއްވައިފިއެވެ. ލީޒާ އިސްތިއުފާ ދެއްވާފައިވާކަން އަންގަވާފައިވަނީ އިއްޔެ ހެނދުނު ކައުންސިލަށް ފޮނުވި ސިޓީއެއްގައެވެ.
ލީޒާ އިސްތިއުފާ ދެއްވާފައިވާކަން ކައުންސިލްގެ ރައީސް އަޙްމަދު ޒަކީވެސްވަނީ 'ލާމުން'އަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި މިކަން މިހާރު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށްވެސް އަންގަވާފައިވާކަމަށް ޒަކީ މައުލޫމާތުދެއްވިއެވެ.
ޒަކީ ވިދާޅުވެފައިވަނީ ލީޒާ އިސްތިއުފާދެއްވާފައި ވަނީ ބަލި ހާލަތު ހުރިގޮތުން ދިރިއުޅުން މާލެ ބަދަލު ކުރައްވަން ޖެހިވަޑައިގެންކަމަށް، ކައުންސިލަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އިސްތިއުފާ އާއި ގުޅިގެން މިނޫހުން ކުރި މަސައްކަތުން ލީޒާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ލީޒާ ކައުންސިލް މެންބަރުކަމަށް ހޮވިވަޑައިގެންފައިވަނީ އެމް.ޑީޕީ ޓިކެޓުގައި ނަމަވެސް، ފަހުން މޯލްޑިވްސް ނެޝަނަލް ޕާޓީއާއި ގުޅިވަޑައިގެން ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް ފެނިގެން ގޮސްފައިވަނީ އެމްޑީޕީއާ އިދިކޮޅު ކެމްޕެއިންތަކުންކަން ފާހަގަކޮށްލެވެއެވެ.
ވެރިކަން ބަދަލުވުމާއެކު ރާއްޖޭގެ އެކި ހިސާބުތަކުން ފާހަގަކޮށްލެވޭ އަދަދަކަށް ކައުންސިލަރުން މަގާމުން އިސްތިއުފާދެއްވާތަން ދަނީ ފެންނަމުންނެވެ. މީގެތެރެއިން ބައެއް ބޭފުޅުން ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކަށް ވެސް އައްޔަނު ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
ކައުންސިލަރުން އިސްތިއުފާ ދެއްވުމުން ހުސްވާ މަގާމަށް މީހުން އިންތިހާބުކުރުމުގެގޮތުން ބައެއް ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވައި އަދި އަނެއްބައި ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިހާރުވެސް ދަނީ ތައްޔާރުވަމުންނެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
18 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1