ލާމުން 3 ސުކޫލެއްގެ ކެޑޭޓުންނަށް ބަޑި ޙަވާލުކޮށްފި

Laamun 3 School egge Cadetunnah Badi Havaalukoffi

ލާމުން 3 ސުކޫލެއްގެ ކެޑޭޓުންނަށް ބަޑި ޙަވާލުކޮށްފިއެވެ. 

ލާމު އަތޮޅު ތަޢުލީމީ މަރުކަޒާއި ޙަމަދު ސުކޫލާއި އިހައްދޫ ސުކޫލްގެ ކެޑޭޓު ޙަރަކާތާ އަލަށް ގުޅުނު ދަރިވަރުންނަށް ހުވައި ލައިދިނުމާއި ބަޑި ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ހަތިޔާރު ހަވާލުކޮށްދެއްވީ އެމް.އެން.ޑީ.އެފްގެ އޮފިސަރުންނެވެ. ހުވައި ލައިދިނުމާއި ބަޑި ހަވާލުކުރުމަށް  ލ.އ.ތ.މ ގެ ހޯލުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިޔާގެ ކޮމާންޑަރ ކާނަލް އަހުމަދު ފާޠިޙެވެ. މިރަސްމިއްޔާތުގައި ލ.އ.ތ.މގެ ނާޒިރު ޢަބުދުﷲ ނަޞީޙާއި ޙަމަދު ސްކޫލުގެ ނާޒިރު މުޙައްމަދު ޝައުކަތު ޢަބުދުއްލަޠީފާއި އިހައްދޫ ސުކޫލުގެ ނާޒިރު މުޙައްމަދު ނަޒީލް ބައިވެރިވެވަޑައިގަތެވެ.

 
ލ.އ.ތ.މ، ޙަމަދު ސުކޫލް، އަދި އިހައްދޫ ސުކޫލްގެ ކެޑޭޓު ޙަރަކާތާ އަލަށް ގުޅުނު ދަރިވަރުންނަށް ހުވައި ލައިދިނުމާއި ބަޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

 ޢާންމުގޮތެއްގައި ލާމު އަތޮޅުގެ ސުކޫލްތަކުން ވަކިވަކިން މިފަދަ ރަސްމިއްޔާތުތައް ބޭއްވި ނަމަވެސް ގަމާއި ފޮނަދޫގައި ކެޑޭޓު ހަރަކާތް ކުރިޔަށް ގެންދަވާ 3 ސުކޫލުން ގުޅިގެން މި ރަސްމިއްޔާތު ބާއްވާފައިވުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ބަދަހިކަމަށް ފަހިކަމެއް އަންނާނޭ ކަމެއް ކަމަށް "ލާމުން" ދެކެމެވެ. އެކަމަށްޓަކައި 3 ސުކޫލުގެ ވެރިންނަށާއި މިހަރަކާތް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔުމުގައި ޝާމިލުވާ މުދައްރިސުންނަށާއި ސުކޫލްތަކުގެ ބެލެނިވެރިންނަށް މިނޫހުން ޝުކުރު ދަންނަވަމެވެ. 

ސުކޫލުތަކުގައި އިތުރު ޙަރަކާތުގެ ގޮތުގައި ހިންގޭ ޔުނިފޯމު ޙަރަކާތްތަކަކީ ދަރިވަރުންގެ ކިބައިގައި ރަނގަޅު އަޚްލާޤެއް އަށަގެންނެވުމުގައި އިސްދައުރެއް އަދާކުރާ ކަމެކެވެ. ހަމައެއާއެކު ސްކޫލްތަކުގައި ހިންގޭ މިފަދަ ޙަރަކާތްތަކުގެ ސަބަބުން، ދަރިވަރުންގެ ޢިލްމީ މަޢުލޫމާތު އިތުރުވެ، މުޖުތަމަޢުގައި ހިނގާ މުހިއްމު ކަންކަމާމެދު ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭކަން ފާހަގަކުރެވެއެވެ. 

ކެޑޭޓް ޙަރަކާތަކީ ތައުލީމާބެހޭ ވުޒާރާ އާއި ދިފާޢީ ވުޒާރާ އިސްވެ އޮވެ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯ އިން ސުކޫލްތަކުގައި ހިންގާ ޔުނީފޯމު ހަރަކާތެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ނަމުގައި ރާއްޖޭގައި ކެޑޭޓް ޙަރަކާތްތައް ރަސްމީގޮތުން ފަށްޓަވާފައިވަނީ ކެޑެޓް ޙަރަކާތަށް 50 އަހަރުފުރުން ފާހަގަކުރި އަހަރު ކަމަށްވާ 1995 ވަނަ އަހަރުގެ ޖުލައި 25 ގައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1