ލިޔުނީ: ޢީސާ ޝަރީފު
5 ޑިސެންބަރު 2023
0
ހިތް މިހިރަ އެދެނީ ޒުހުލަށޭ ބިންމަތީ ހުއްޓެއްކަމަކު
ނިންމިއަސް ފޯރާނެތޯ އަތް، ދަހިވެހުރެ ބެއްޔެއްކަމަކު
ލޯބި ލިބުމަށް މުސްތަޙީލޭ އޮޅި ގިރާނުވިނަމަ ދުލުން
ލޯބި ހިތުއެޅި ސޫރަ ވިދިޔަސް ތަރިގުނަން އޮވެވޭ ރެޔަކު
ހެއްލި މިލެކުން ލޯބި އެދިގެން ނޭތަ ލިބިދާ ރާޙަތެއް
ގެއްލި އޮތަކަސް ޢާލަމެއްގައި ރަހުމަތެއް ނުހިނގާ ތަނަކު
ގެއްލުނަސް އުދަރެހުގެ ނިވަލަށް އިރު އެހީތެރިކަން ނުދީ
ކޮން ލޮލެއްތަ ސަމާލުވާނީ ހަނދު އިނަސް މެދުގައި ފަލަކު
މީ ކިހާ އަޅެފަދަ އަޖައިބެއް ކޮންކަމެއްބާ ޚާއްޞައީ
ހިތްކިޔާ ހަމަ އެންމެ ނަފްސެއް ނެތް އެނޫނީ ދުނިޔެއަކު
ކެތް މިކުރަނީ އިންތިހާޔަށް ހިތުގެ ބޭޒާރަށް ބަލައި
ދެން މިހާވަރަށޭ ތެޅޭނީ ލައްޓިއެއް ޖެހުނަސް ވަދަކު
ދާ މިހިރަ މަގަކުން ހިނގާގޮސް ކޮޅުމަގަށް އަރަމުންދަނީ
ތާ މިހިރަ ކަންފަތިވެ ނިމެނީ ޖެހެވިހުރެ ބޭރުން ދަލަކު
މެންދުރެއް ހެނދުނެއް ހަވީރެއް ހުއްޓުމެއް ފަރަގެއް ނެތޭ
މެންދަމުގެ ތަސްބީހައެއްހެން ނެތް ނަމެއް ތިޔަނޫން ދުލަކު
3 ޑިސެމްބަރު 2023
0%
0%
0%
0%
0%
9 ޖަނަވަރީ 2024
2
13 ޑިސެންބަރު 2023
0
4 ޑިސެންބަރު 2023
0
15 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1