ހެލްތު މިނިސްޓަރާއި ހެލްތު މިނިސްޓްރީގެ ބައެއް އޮފިޝަލުން
ފެށިފައިވާ އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓާނެކަމުގެ ވަޢުދާއެކު އައި ސަރުކާރުން ގަމުގެ ކެންސަރު ހޮސްޕިޓަލް މަޝްރޫޢު ކެންސަލްކޮށްލިކަން އިއުލާންކުރުމާއެކު ލާމުން ނުުރުހުން ފާޅުކުރަމުން އެބަދެއެވެ.
ލ.ގަމުގައި ކެންސަރު ހޮސްޕިޓަލް އެޅުމުގެ މަޝްރޫޢަކީ އިންޑިޔާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ހެދުމަށް ކުރީ ސަރުކާރުން އިޢުލާންކޮށްފައިވާ ޕްރޮޖެކްޓެކެވެ. ކެންސަރު ހޮސްޕިޓަލްގެ ހުވަފެން ދައްކައިގެން އެމް.ޑީ.ޕީން ވަނީ އެކި އެކި އިންތިޚާބުތައް ކާމިޔާބުކޮށްފައެވެ. ޢަމަލީ އެއްވެސް މަސައްކަތެއް ނުކޮށް މިދިޔަ ޖުލައި މަހުގެ ނިޔަލަށް މިމަޝްރޫޢަށް ވަނީ 2 މިލިޔަނަށްވުރެ ގިނައިން ޚަރަދުކޮށްފައެވެ.
ކެންސަރ ހޮސްޕިޓަލް އެޅުމަށްޓަކައި ހޮސްޕިޓަލް ޑިޒައިންކޮށް ޕްރޮޖެކްޓްގެ ޑީޓެއިލް ރިޕޯޓް ހެދުމަށް ހަވާލުކުރެވިފައިވާ އިންޑިއާގެ ފަރާތާއި އެކު 28 ނޮވެމްބަރު 2022ގައި ގަމު ކައުންސިލުން ބޭއްވި ބައްދަލުވުމެއް. (ފޮޓޯ: ގަމު ކައުންސިލް)
އިންތިޚާބަށްފަހު މި މަޝްރޫޢު އަލުން ފަށައިގެން ކޮޅެއްގައި ޖައްސާނެ ކަމުގެ އުންމީދުގައި މުޅި ލާމުގެ ރައްޔިތުން ތިއްބާ، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުއްލިގޮތަކަށް ކެންސަރު ހޮސްޕިޓަލް ގަމުގައި ނާޅަން ނިންމި ނިންމުމާއެކު ހައްދުންމަތީގެ އެކި ބޭފުޅުން ދަނީ އެކަމާމެދު ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް ވަނީ އެކަން އެހެން ވެގެން ނުވާނެކަމަށް މީސްމީޑިއާގައި ފާޅުކޮށްފައެވެ. ހައްދުންމަތީ ގަމު ކައުންސިލުންވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަމުދާއިރާގެ މެމްބަރުވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
ގަމު ކައުންސިލުންނާއި ގަމު ދާއިރާގެ މަޖިލިސް މެމްބަރު މިމައްސަލައިގައި ނުރުހުން ފާޅުކޮށް ބޮޑެތި ބަޔާންތައް ނެރެމުންދިޔަ ކަމުގައިވީނަމަވެސް ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ކެންސަރު ހޮސްޕިޓަލު ވުޖޫދަށް ނައީ އެފަރާތްތަކާއި ކުރީ ސަރުކާރުގެ ވަރަށް ބޮޑު އިހުމާލުންނެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1