އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުން އިސްދޫން މުންޑޫއަށް ހަދިޔާއެއް

Ebbaivantha kamuge Ramzegge gothun Isdhoon Mundoo ah Hadhiyaa eh

އިސްދޫން މުންޑޫއަށް ފޮނުވި ހަދިޔާ އާއެއު އިސްދޫކައުންސިލްގެ ބައެއް އިސްވެރިންނާއި ފެރީގެ ކެޕްޓަން

ސުނާމީ ކާރިސާގެ ހަނދާން އައުކުރުމަށް ފާހަގަކުރާ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އިސްދޫގެ ރައްޔިތުންގެ ފަރާތުން މުންޑޫގެ ލޮބުވެތި ރައްޔިތުންނަށް ހަދިޔާފޮނުވައިފިއެވެ. 

2004 ޑިސެންބަރު 26 ވަނަ ދުވަހު ހެނދުނު މުންޑޫއަށް އެރީ ބޮޑު ރާޅެކެވެ. އެތައް ބަޔެއްގެ ނިޔައުވެ ވަކިވެ، ގެދޮރު ސުންނާފަތިވީ މި ހިތާމަވެރި ކާރިސާގެ ހަނދާން ފާހަގަކުރުމަށް މިއަދު ތިއްބާ ލަފައިލީ ފެރީން އެބޭލީ ހައްދުންމަތީގެ ޤަދީމީ އިސްރަށްކަމުގައިވާ އިސްދޫ ރައްޔިތުންގެ ފަރާތުން ފޮނުވި ހަދިޔާއެކެވެ.

 
އިސްދޫގެ ހަދިޔާ އާއެކު އިސްދޫ ކައުންސިލްގެ މެމްބަރު މަރިޔަމް ޝިފާ

އެއް ރަށުން އަނެއް ރަށަށް ކޭން ނުވަތަ ތަށިބަރި ނުވަތަ ހަދިޔާއެއް ފޮނުވުމުގެ ހަރަކާތަކީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގައި ހިންގާ ހަރަކާތެކެވެ.

ސުނާމީ ކާރިސާގައި ލާމުން 25 މީހުން ނިޔައުވެފައިވާ އިރު އެންމެ ގިނަ ބަޔަކު ނިޔައުވީ މުންޑޫންނެވެ. 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1