ވަޢުދާ އެއްގޮތަށް ގާދޫ ތަރައްޤީކުރަން ވަރަށް އަވަހަށް އިޢުލާންކުރަނީ

Gaadhoo Tharaqqeekuran varah avahah iulaan kuranee

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭނުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް ގާދޫ ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް އިއުލާންކުރައްވާނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅު ވެއްޖެ އެވެ. އެމަނިކުފާނާ ޙަވާލާދީ ސަރުކާރަށް ތާޢީދުކުރާ ބައެއް މީސްމީޑިއާ މަންސަތަކުގައި މިޚަބަރު ފަތުރާފައިވިޔަސް އިތުރު ތަފްޞީލެއް ނެތެވެ.

ގާދޫގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމަށްޓަކައި ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީ ހަދާފައިވާ ކަމަށާއި ދެންއޮތީ ޢަމަލީ ގޮތުން ކުރަންޖެހޭ ކަންކަން ފަށައިގަތުން ކަމަށް އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެމްޕެއިންގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވިދާޅުވެފައިވެއެވެ. 2021 މާރިޗް 06 ގައި ދެއްކި ޓީވީ ޕްރޮގްރާމެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ  "ގާދޫގައި ޕޯޓެއް ގާއިމުކުރުމާ ބެހޭ ފީޒިބިލިޓީއެއް އެބަ އޮތް ހެދިފަ. އެކަން ވާނެ ގޮތް، އެތަނުގައި ކުރެވިދާނެ ކަންތައްތައް ބަލައި ބޭރުގެ ބަޔަކު ލައްވައި ދިރާސާއެއް ހަދާފަ އެބައޮތް. ދެން އޮތީ އެކަން ކުރިއަށް ގެންދާނެ މަރުހަލާ އޮތީ ކޮންއިރަކުތޯ ނިންމުން،" ކަމަށެވެ. ނަމަވެސް ޓްރާންޝިޕްމަންޓް ބަނދަރާގުޅޭ ޢަމަލީ އެއްވެސް ކަމެއް ނުހިންގައި  ކުރީ ސަރުކާރުން ގާދޫ ދެއްވީ ދަނޑުވެރިކަންކުރުމަށް އެގްރޯނޭޝަނަލް ކޯޕަރޭޝަނަށެވެ. ގާދޫގައި ޕޯޓެއް ހެދުމުގެ ފީސިބިލިޓީ ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ކޮށްފައިވާ ކަމަށް ކުރީގެ ރައީސް ޞާލިޙް ވިދާޅުވެފައިވީ ނަމަވެސް އެފީސިބިލިޓީ ރިޕޯޓް އާންމު ނުކުރެއްވިތާ، އެމަސައްކަތް ކޮށްފައިވަނީ ކޮންބަޔަކާ ހަވާލުކޮށްގެން ކޮންއިރަކުކަމެއް ވެސް ވިދާޅެއްނުވެއެވެ.

ބައިނަލް އަޤްވާމީ އުޅަނދުފަހަރަށް ރާއްޖެ ހުރަސްކުރެވޭ ހުވަދޫ ކަނޑު ނުވަތަ ވަންއެންޑްހާފް ޑިގްރީ ޗެނަލްގެ އަނގަމަތީގައި އޮންނަ ގާދޫ ޓްރާންޝިޕްމަންޓް ބަނދަރަކީ އޭގެ ސަބަބުން ހައްދުންމައްޗާއި ދެކުނުގެ އަތޮޅުތަކުގެ އިޤްތިޞާދު ކުރިއަރައި މުޅި ރާއްޖޭގެ އިޤްތިޞާދީ ދުވެލި އެތައް ގުނައެއް މަތިކޮށްދޭނެ އުންމީދީ މަޝްރޫޢެކެވެ. "ބަންކަރިން" ޚިދުމަތް ލިބޭގޮތަށް  ގާދޫގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރުގެ މަޝްރޫޢު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ޕްލޭން "ހަފްތާ14" މަގު ޗާޓުގެ 14 ވަނަ ހަފްތާގައި ފެށުމަށް ވަނީ ހިމަނާފައެވެ.

 
ލ.ގާދޫ

 ގާދޫ ޓްރާންޝިޕްމަންޓް ބަނދަރުގެ މަޝްރޫޢަކީ މުޅި ލާމުން އެކީ އެކައްޗަކަށް ސަރުކާރަށް އެއްބާރުލުންދޭނެ އުންމީދީ މަޝްރޫޢެކެވެ.

ލިޔުން ޙިއްސާ ކުރައްވާ

1 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ީއިބުރާހިމް އަލީ

28 ނޮވެންބަރު 2023

ސާބަހޭ ރައީސް

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1