ގަމު ކައުންސިލުން މިއަހަރުގެ ފަހު ފަހަރަށް ރަައްޔިތުންނާ ބައްދަލުކުރުން ތަފާތުކޮށްލައިފިއެވެ.
ލާމަރުކަޒީ ޤާނޫނުން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުންތަކަށް ލިބޭ ތަރުޙީބު ކުޑަވުމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ މަޤުޞަދުގައި ގަމުކައުންސިލުން މިފަހަރު ރާވާފައި އޮތީ ގަމުގެ 3 އަވަށުގެ ރައްޔިތުންނާ ވަކީން ބައްދަލުކުރާ ގޮތަށެވެ.
އެގޮތުން މުކުރިމަގު އަވަށުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރުން އޮތީ ޑިސެމްބަރު 10 ވާ ހޯމަވިލޭރޭ 08:30 ގައި މުކުރިމަގު ސްކޫލްގައެވެ. މަތިމަރަދޫ ރައްޔިތުންނާ ބައްދަލުކުރާ ގޮތަށް އޮތީ ޑިސެންބަރު 11 ވާ އަންގާރަވިލޭރޭ 08:30ގައި ޙަމަދު ސްކޫލްގައެވެ. ގަމުގެ ތުނޑީ އަވަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނާ ބައްދަލުކުރާނީ ކައުންސިލް އިދާރާގައި ޑިސެމްބަރު 12 ވާ ބުދަވިލޭރޭ 08:30 ގައެވެ. ޙަޤީޤަތުގައި މިބަދަލަކީ އޭގެ ސަބަބުން އަވަށް އަވަށުން ބައިވެރިވާން ބޭނުންވާ ރައްޔިތުންނަށް ބައްދަލުވުމުގައި ބައިވެރިވާން ފަސޭހަވެ، ބައްދަލުވުމަށް ލިބޭ ތަރުޙީބު ބޮޑުވެގެންދާނެ އުންމީދީ ބަދަލެކެވެ.
މިބައްދަލުވުމުގައި އޮންނާނީ ޢާންމު އުޞޫލުން، ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާއި ކުރަން ރާވާފައިވާ މަަސައްކަތްތައް ރައްޔިތުންނާ ޙިއްސާކުރުމާއި ކައުންސިލުން ރައްޔިތުންނާ މުޚާޠަބުކުރުމެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވުންވެސް އޮންނާނެއެވެ.
ރައްޔިތުންނާ ގާތަށް ގަމުކައުންސިލުން ފިޔަވަޅެއް އަޅަން ތައްޔާރުވާއިރު، ރަަށުގެ ލޭންޑްޔޫސް ޕްލޭން ނުހެދި އޮތުމާއި، ގަމުން ގޯތި ދޫކުރުމާއި މާލޭގެ ފަރާތްތަކަށް ގިނަ ޢަދަދެއްގެ ގޯތި ދޫކޮށް ބޮޑު ސަރަޙެއްދެއް ފަޅުވެފައި އޮތުން ފަދަ ރައްޔިތުންގެ ކަންބޮޑުވުންހުރި ބޮޑެތި މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދައިދިނުމުގައި ކައުންސިލުން ނުކުޅެދިފައި އޮތުމަކީ ކައުންސިލަށް އޮތް ގޮންޖެހުމެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ބަޖެޓް ލިބޭ ރަށުކައުންސިލަކީ ގަމު ކައުންސިލެވެ. ނަމަވެސް ވޭތުވެދިޔަ އަހަރު އަތޮޅު ކައުންސިލުން ރަށުކައުންސިލްތައް މިންކުރިއިރު އަތޮޅުގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ 5 ކައުންސިލްގެ ތެރޭގައިވެސް ގަމު ކައުންސިލް ހިމެނިފައިނުވެއެވެ.
މިއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންނާ މަޝްވަރާކުރުމަށް ގަމު ކައުންސިލުން ބާއްވާ 2023 ވަނަ އަހަރު 3 ވަނަ ކުއާޓާގެ ބައްދަލުވުމެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1