ހައްދުންމަތީ ވައިނުސާފުމިން ސިއްހަތަށް ގެއްލުންވާ މިންވަރުގައި

Hahdhunmathee vai nusaafumin sihhathah gellunvaa minavrugai

ލ.އަތޮޅުގެ ވައިނުސާފުމިން / ފޮޓޯ: އައިކިއުއެއާ

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ދިމާވެފައިވާ އާދަޔާ ހިލާފަށް ޖައްވު ނުސާފުވުމުގެ މައްސަލަ ލާމު އަތޮޅަށްވެސްވަނީ ކުރިމަތިވެފައެވެ. މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފައިވަނީ މެދު ރާއްޖެތެރެއާއި އުތުރުގައި ސިއްހަތަށް ނުރައްކާވާ ވަރަށް ވައި ނުސާފުވެފައިވާކަމަށް، އެއަރ ކޮލިޓީ އިންޑެކްސް ބަލާ ބައެއްފަރާތްތަކުން އަންގާފައިވާކަމަށެވެ.

މެޓް އޮފީހުން އާންމުކޮއްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ މިސަރަހައްދުތަކުގައި އާންމުގޮތެއްގައި ހަމަ ލޮލަށް ފެންނަ ދުރުމުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށްވުރެ ދުރު ފެނުނަސް، ވޭތުވެދިޔަ 24 ގަޑިއިރު، ހާއްސަކޮށް މެދުރާއްޖެތެރޭގެ ސަރަހައްދަށް މި މިންވަރު 5 ކިލޯމީޓަރަށް ދަށްވެފައިވާކަމަށެވެ.

މީގެ އިތުރުން، ދުރު ފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން މުހިއްމު ދައުރެއް އަދާކުރާކަމަށް އެއޮފީހުން މައުލޫމާތުދީފައިވެއެވެ.

ވައިގެ ކޮލިޓީ ބެލޭގޮތަށް ހަދާފައިވާ ވެބްސައިޓުތަކުން ދައްކާގޮތުގައި މިއަދު ލާމު އަތޮޅުގެ ވައިގެ ނުސާފުމިން ހުރީ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) އިން ބަލާއިރު 172 ގައެވެ. އޭކިއުއައި 200-150 ގެ މިނަކީ ސިއްހަތަށް ނުރައްކާވާނޭ މިންގަނޑެކެވެ. މިއީ އާންމުންނަށް އަދި ހާއްސަކޮށް ސިއްހީގޮތުން ނާޒުކު ހާލަތުގައި ތިބޭ މީހުނަށް ސިއްހީ މައްސަލަތައް ކުރިމަތިވެދާނޭ މިންގަނޑެކެވެ. އެހެންކަމުން، ސިއްހީގޮތުން ނާޒުކު ހާލަތުގައި ތިބޭ މީހުން ގިނަ ވަގުތު ބޭނުގައި ނޫޅުމަށާއި އަދި އެހެންފަރާތްތަށްވެސް ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށް އެފަރާތުން އިރުޝާދުދީފައިވެއެވެ.

 

ވައިގެނުސާފުކަން ބަލާ މިންގަނޑު /ފޮޓޯ:އެއާނައު

ވައި ނުސާފުވުމަކީ ވޭތުވެދިޔަ އަހަރުތަކުގައިވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާކަން ފާހަގަކުރެވޭ މައްސަލައެކެވެ. އުތުރު އިންޑިއާގެ ހިމާލިޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު މިދިޔަ އަހަރުގައިވެސް ރާއްޖެއަށް ކޮއްފައިވެއެވެ. މިދިޔަ އަހަރުގެ މި ދުވަސްވަރުގައި ދިވެހިރާއްޖޭގައި ދުރުފެންނަ ނިސްބަތްވަނީ 60 ޕަސެންޓަށް ދަށަށްގޮސްފައެވެ. މިކަމުގެ ސަބަބެއްކަމަށް  މެޓް އޮފީހުން ބުނެފައިވަނީ އާންމުކޮށް އިރުވައި މޫސުމުގެ ވައި އިރުމަތިން އަންނައިރު އަންނަ ހިރަފުހާއި ވައިގެ ތެރޭގައި ހިމެނޭ ޕާޓިކަލްސްގެ ސަބަބުންކަމަށެވެ. ދެމޫސުން ބަދަލުވުމާ ހަމައަށް މިގޮތަށް ވައި ނުސާފުވާނެކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1