ލ.އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމުހުށައެޅުއްވުން
ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގެ ޕީ.ޕީއެމް-ޕީ.އެން.ސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމުހުށައަޅުއްވައިފިއެވެ. މިޑިސެމްބަރު 23ގައި އޮންނަ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެދޭ ކެންޑިޑެސީ ފޯމު އިސްމާޢީލް ޢަލީ ހުށައަޅުއްވާފައިވަނީ މިއަދު ހެނދުނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ އޮފީހަށެވެ.
އިސްމާޢީލް ޢަލީ ވާދަކުރައްވަނީ ޕްރެގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގައި ލ. ގަމު ދާއިރާއަށެވެ. މިދާއިރާގައި ހިމެނެނީ ހައްދުންމަތީގެ އެންމެ ބޮޑު އާބާދީއެއް އޮތް ގަމާއި އެންމެ ކުޑަ އާބާދީއެއް އޮތް މުންޑުއެވެ.
މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ގަމު ދާއިރާއަށް ވާދަކުރާނެކަން އެންމެ ކުރިން ހާމަކުރެއްވި އެއްބޭފުޅަކީ އިސްމާޢީލް ޢަލީއެވެ. އޭނާގެ ކެމްޕޭން ވަޢުދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރިޔަށް އޮތް 5 އަހަރުގެ ތެރޭގައި ލ.ގަން ސިޓީއަކަށް ހެދުމުގެ ތަޞައްވަރެވެ.
އިސްމާއިލް ޢަލީއަކީ ބެޗްލަރ އޮފް އާޓްސް އިން ދިވެހި ލެންގުއެޖް ކޯހާއި މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވާފައިވާ ތަޢުލީމީ ބޭފުޅެކެވެ. ހައްދުންމަތީ އަތޮޅު ކައުންސިލަށް އިންތިޚާބުވުމުގެ ކުރީން އޭނާވަނީ ގަމު ތުނޑީގެ ރަށްކުރިއަރުވާ ކޮމެޓީގައި މަސައްކަތްކުރެއްވުމާއެކު ދިގު މުއްދަތެއްގައި ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރެއްވުމަށްފަހު، ގަމު ކައުންސިލްގެ އިދާރާގައިވެސް މަސައްކަތްކުރައްވާފައެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1