ލާމަސީލު ރަށު ކައުންސިލްތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކަތްކުރާ ކޮމެޓީތައް މިންކުރުމުގެ ހަފްލާ
ލާމަސީލު ރަށު ކައުންސިލްތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކަތްކުރާ ކޮމެޓީތައް މިންކުރުމުގެ ހަފްލާ ރޭ ފޮނަދޫގައި ބާއްވައިފިއެވެ.
ވޭތުވެދިޔަ 2022 ވަނަ އަހަރުގައި ކައުންސިލްތަކާއި އ.ތ.މ ކޮމެޓީތައް މަސައްކަތްކޮށްފައިވާ މިންވަރު ދެނެގަތުމަށް އަތޮޅުކައުންސިލުން ބެލިމިންގަނޑުން އެންމެ މަތިން މާކުސް ހޯދައި އަތޮޅުގެ ފަޚުރުވެރި 1 ވަނަ އަށް ދިޔުމުން އައްޝައިޚް ޙަސަން ތާޖުއްދީން އެވޯޑް ޙާޞިލްކުރީ ކަލައިދޫ ކައުންސިލާއި ފޮނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އެވެ.
ލާމަސީލު ރަށު ކައުންސިލަށް ހޮވުމުންދެވޭ އައްޝައިޚް ޙަސަންތާޖުއްދީން އެވޯޑާ ކަލައިދޫ ކައުންސިލްގެ ރައީސް ޙަވާލުވެލައްވަނީ
ލާމަސީލު އތމ ކޮމެޓީއަށް ހޮވުމުންދެވޭ އައްޝައިޚް ޙަސަންތާޖުއްދީން އެވޯޑާ ފޮނަދޫ އތމ ކޮމެޓީގެ ރައީސާ ޙަވާލުވެލައްވަނީ
ވޭތުވެދިޔަ 2022 ވަނަ އަހަރުގައި ކައުންސިލްތަކާއި އ.ތ.މ ކޮމެޓީތައް މަސައްކަތްކޮށްފައިވާ މިންވަރު ދެނެގަތުމަށް އަތޮޅުކައުންސިލުން ބެލިމިންގަނޑުން 2 ވަނަ ރަށު ކައުންސިލަކަށް ހޮވިގެން އަލްޚަޠީބު މުޙައްމަދު ސިރާޖުއްދީން އެވޯޑް ޙާޞިލްކުރި ކައުންސިލަކީ މާވަށު ކައުންސިލެވެ. މިއެވޯޑު ޙާޞިލުކުރި އ.ތ.މ ކޮމެޓީއަކީ ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ.
2 ވަނަ ރަށު ކައުންސިލަކަށް ހޮވިގެން އަލްޚަޠީބު މުޙައްމަދު ސިރާޖުއްދީން އެވޯޑް ޙާޞިލްކުރި ކައުންސިލަކީ މާވަށު ކައުންސިލް
2 ވަނަ އތމ ކޮމެޓީއަކަށް ހޮވިގެން އަލްޚަޠީބު މުޙައްމަދު ސިރާޖުއްދީން އެވޯޑް ޙާޞިލްކުރި އތމ ކޮމެޓީއަކީ ކަލައިދޫ އތމކ
އަތޮޅުން 3 ވަނަ ކައުންސިލާއި ކޮމެޓީއަށް ދެވޭ އައްޝައިޚް އެދުރު ޢުމަރު މާފަތްކަލޭގެފާނު އެވޯޑް ޙާޞިލްކުރީ އިސްދޫ ކައުންސިލާއި މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ.
އަތޮޅުން 3 ވަނަ ކޮމެޓީއަށް ދެވޭ އައްޝައިޚް އެދުރު ޢުމަރު މާފަތްކަލޭގެފާނު އެވޯޑް ޙާޞިލްކުރީ މާމެންދޫ އތމކ
އަތޮޅުން 3 ވަނަ ކައުންސިލަށް ދެވޭ އައްޝައިޚް އެދުރު ޢުމަރު މާފަތްކަލޭގެފާނު އެވޯޑް ޙާޞިލްކުރީ އިސްދޫ ކައުންސިލް
ހައްދުންމަތީ އަތޮޅު ކައުންސިލުގެ "ލާމަސީލު ރަށު ކައުންސިލްތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކަތްކުރާ ކޮމެޓީތައް މިންކުރުމުގެ ހަފްލާ"ގައި އެފަރާތްތަކަށްދޭ "އައްޝައިޚް ޙަސަން ތާޖުއްދީން އެވޯޑް" ޙަވާލުކޮށްދެއްވީ ޙަފްލާގެ ޝަރަފުވެރި މެހްމާން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އަލްފާޟިލް އާދަމް ޝަރީފް ޢުމަރެވެ.
ރޭންކިންގައި އެންމެ ރަނގަޅު 5 ރަށު ކައުންސިލަކީ މާމެންދޫ ކައުންސިލް، ކަލައިދޫ ކައުންސިލް، އިސްދޫ ކައުންސިލް، ފޮނަދޫ ކައުންސިލް، އަދި މާވަށް ކައުންސިލެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އެންމެ ރަނގަޅު 5 ކޮމެޓީއަކީ ހޮވިފައިވަނީ އިސްދޫ އތމ، ހިތަދޫ އތމ ، ފޮނަދޫ އތމ، މާމެންދޫ އތމ، އަދި ކަލައިދޫ އތމ އެވެ.
ލާމަސީލުލާމު ރަށު ކައުންސިލް ތަކާއި އތމ ކޮމިޓީ ތައް މިންކުރުމުގެ ހަފްލާގެ ތެރެއިން
ރަށުކައުންސިލްތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް މިންކުރުމުގައި އަތޮޅުކައުންސިލުން ބަލާފައިވަނީ 5 އިންޑިކޭޓަރއެއްގެ ތެރެއިންނެވެ. މިއިން ކޮންމެ އިންޑިކޭޓަރ ނުވަތަ ކޮންމެ ދާއިރާއަކުންވެސް އެންމެ މަތީ މާރކްސް ހޯދި 3 ކައުންސިލަށްވެސް ރޭގެ ޙަފްލާގައި އިނާމު ދީފައިވެއެވެ. މިފަރާތްތަކަށް ޢިނާމު ދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިސްމާޢީލް ޢަލީއެވެ.
އިންޑިކޭޓަރ 1: ކައުންސިލްގެ އަމިއްލަ މަސައްކަތުން ހޯދާފައިވާ އާމްދަނީ:
މިއިންޑިކޭޓަރ އަށް މާކުސް ދީފައިވަނީ 2022 ވަނަ އަހަރުގައި ދައުލަތުން ދީފައިވާ ގްރާންޓާއި ކައުންސިލަށް ބަލައިގަނެފައިވާ އާމްދަނީއަށް ބަލައިގެންނެވެ. (މީގެތެރޭގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި ކައުންސިލުން ބަލައިގެންފައިވާ އާމްދަނީ ނުހިމެނެއެވެ.)
ކައުންސިލްގެ އަމިއްލަ މަސައްކަތުން ހޯދާފައިވާ އާމްދަނީ: 1 ވަނަ މާވަށު ކައުންސިލް
ކައުންސިލްގެ އަމިއްލަ މަސައްކަތުން ހޯދާފައިވާ އާމްދަނީ: 2 ވަނަ ގަމު ކައުންސިލް
ކައުންސިލްގެ އަމިއްލަ މަސައްކަތުން ހޯދާފައިވާ އާމްދަނީ: 3 ވަނަ ކަލައިދޫ ކައުންސިލް
އިންޑިކޭޓަރ :2 ލޯކަލް ކައުންސިލްސް ޕާފޮރމަންސް އިންޑެކްސް
މިއިންޑިކޭޓަރގައި މާކްސް ދީފައިވަނީ ލޯކަލް ގަވަރންމަންޓް އޮތޯރިޓީން 2023 ގައި ޢާންމުކޮށްފައިވާ ކައުންސިލްތަކުގެ 2021 ވަނަ އަހަރުގެ ޕާރފޮމަންސް އިންޑިކޭޓަރ އަށް ބަލައިގެންނެވެ.
ލޯކަލް ކައުންސިލްސް ޕާފޮރމަންސް އިންޑެކްސް އިން 1 ވަނަ މުންޑޫ ކައުންސިލް
ލޯކަލް ކައުންސިލްސް ޕާފޮރމަންސް އިންޑެކްސް އިން 2 ވަނަ ކަލައިދޫ ކައުންސިލް
ލޯކަލް ކައުންސިލްސް ޕާފޮރމަންސް އިންޑެކްސް އިން 3 ވަނަ މާބައިދޫ ކައުންސިލް
އިންޑިކޭޓަރ 3 ރަށުކައުންސިލްގެ މޮނިޓަރިން
މި އިންޑިކޭޓަރގައި ބަލާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރަމުންދާ މިންވަރާއި، މާލިއްޔަތު ޤާނޫނަށް ޢަމަލުކުރަމުންދާ މިންވަރާއި ރައްޔިތުން ބައްދަލުވުން ބާއްވާ ރައްޔިތުންނަށް ކަންކަން ހާމަކުރާ މިންވަރާއި ސިވިލްސާރވިސް ޤަވާޢިދަށް ޢަމަލުކުރަމުންދާ މިންވަރާއި ކައުންސިލުން ފޯރުކޮށްދީފައިވާ ރައްވެހިކަމުގެ ޚިދުމަތްތަކާއި ކައުންސިލް އިދާރާ ބަލަހައްޓާފައިވާ ގޮތާއި ކައުންސިލާއި ރަށުގެ މުއައްސަސާތަކާއެކު އޮންނަ ގުޅުމަށެވެ.
ރަށުކައުންސިލްގެ މޮނިޓަރިން އިން 1 ވަނަ އިސްދޫ ކައުންސިލް
ރަށުކައުންސިލްގެ މޮނިޓަރިން އިން 2 ވަނަ މާމެންދޫ ކައުންސިލް
ރަށުކައުންސިލްގެ މޮނިޓަރިން އިން 3 ވަނަ މާވަށު ކައުންސިލް
އިންޑިކޭޓަރ 4: މަސައްކަތު ތާވަލުގައި ހިމަނައިގެން ހިންގުނު ހަރަކާތްތައް
މިއީ ރަށުކައުންސިލްތަކުން އެކުލަވާލައި ފާސްކޮށް އަތޮޅުކައުންސިލަށް ހުށައަޅާފައިވާ މަސައްކަތު ތާވަލުގައިވާ މަސައްކަތްތަކުގެ ތެރެއިން 2022 ވަނަ އަހަރު ހިންގުނު ހަރަކާތްތަކަށް މާކްސް ދީފައިވާ ބަޔެވެ. މިބައިގައި ޤާނޫނުން ލާޒިމުކޮށްފައިވުމުގެ ސަބަބުން ކައުންސިލުން ހިންގާފައިވާ ކަންކަމަށް މާކްސް ދީފައި ނުވެއެވެ.
މަސައްކަތު ތާވަލުގައި ހިމަނައިގެން ހިންގުނު ހަރަކާތްތަކުން 1 ވަނަ މާމެންދޫ ކައުންސިލް
މަސައްކަތު ތާވަލުގައި ހިމަނައިގެން ހިންގުނު ހަރަކާތްތަކުން 2 ވަނަ މުންޑޫ ކައުންސިލް
މަސައްކަތު ތާވަލުގައި ހިމަނައިގެން ހިންގުނު ހަރަކާތްތަކުން 3 ވަނަ ކަލައިދޫ ކައުންސިލް
އިންޑިކޭޓަރ 5: ކައުންސިލްތަކުން ޖަވާބުދާރީވާ މިންވަރު
މިބައިގައި މާކްސް ދީފައިވަނީ އަހަރު ދުވަހުގެ ތެރޭގައި އަތޮޅު ކައުންސިލުން ޖަވާބު ހޯދުމަށް ރަށުކައުންސިލްތަކަށް ފޮނުވާފައިވާ ސިޓީބިޓީއަށް ޖަވާބު ދާރީވެފައިވާ މިންވަރަށެވެ.
ކައުންސިލްތަކުން ޖަވާބުދާރީވާ މިންވަރުން 1 ވަނަ ހައްދުންމަތީ ކަލައިދޫ ކައުންސިލް
ކައުންސިލްތަކުން ޖަވާބުދާރީވާ މިންވަރުން 2 ވަނަ ހައްދުންމަތީ މާވަށު ކައުންސިލް
ކައުންސިލްތަކުން ޖަވާބުދާރީވާ މިންވަރުން 3 ވަނަ ހައްދުންމަތީ މާމެންދޫ ކައުންސިލް
ލާމަސީލު ލާމު ކައުންސިލްތަކާއި ކޮމެޓީތައް މިންކުރުމަކީ މުޅި ރާއްޖޭއިންވެސް ހަމައެކަނި ހައްދުންމަތީ އަތޮޅު ކައުންސިލުން ކުރަމުންދާ، އެކައުންސިލްގެ ލާމަސީލު އިސްނެގުމެކެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޑިސެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
25 ނޮވެންބަރު 2023
1