ލާމަސީލުލާމު ރަށު ކައުންސިލްތަކުގެ މަހާސިންތާ ބާއްވައިފި

Laamaseelu Laamu Rashu Council thakuge Mahaasinthaa Baavvaifi

ލާމަސީލުލާމު ރަށު ކައުންސިލްތަކުގެ މަހާސިންތާގެ ތެރެއިން. ފޮޓޯ:އަތޮޅުކައުންސިލް

ހައްދުންމަތީ އަތޮޅު ކައުންސިލުން ރާވައިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ލާމަސީލުލާމު ރަށު ކައުންސިލްތަކާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މި އަހަރުގެ މަހާސިންތާ ލ. ފޮނަދޫގައި ބާއްވާއިފިއެވެ.

 
ލާމަސީލުލާމު ރަށު ކައުންސިލްތަކުގެ މަހާސިންތާގެ ތެރެއިން.  ފޮޓޯ:އަތޮޅުކައުންސިލް

ނޮވެމްބަރ މަހުގެ 29ން 30ށް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ކުރިޔަށް ގެންދެވުނު މި މަހާސިންތާއަކީ ހަތަރުވަނަ ދައުރުގެ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ބާއްވަން ރާވައި ކުރިއަށްގެންދާ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ. މި އަހަރުގެ މަހާސިންތާގައި ލ. އަތޮޅުގެ 11 ރަށުގެ ތެރެއިން 10 ރަށުން ޖުމްލަ 40 ބައިވެރީން ބައިވެރިވެފައި ވެއެވެ.

 
މަހާސިންތާގައި އަތޮޅުކައުންސިލްގެ  ރައީސް އިސްމާޢީލް ޢަލީ.  ފޮޓޯ:އަތޮޅުކައުންސިލް

މަހާސިންތާގައި އަތޮޅުގެ ރަށު ކައުންސިލްތަކާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ވޭތުވެދިޔަ އަހަރު ކުރި މަސައްކަތާއި އަދި ކުރިޔަށް އޮތް އަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކާ ބެހޭގޮތުންނާއި މި މަސައްކަތްތައް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަށް ވާހަކަ ދެކެވުނެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ މަަސައްކަތް އުފެދިގެން އައި ގޮތާއި, މިއަދާހަމައަށް ދިވެހިރާއްޖޭގައި މި ނިޒާމު ކުރިއަރާފައިވާ މިންވަރާއި, މި ނިޒާމުގެ ސަަބަބުން ރައްޔިތުންނަށް ލިބުނު ކުރިއެރުމުގެ މައްޗަށް ވާހަކަދެކެވުނެވެ.

މިފަހަރުގެ މަހާސިންތާގެ ސެޝަންތައް ނަންގަވައިދެއްވީ ލާމަރުކަޒީ ނިޒާމު ދިވެހިރާއްޖެއަށް ތަޢާރަފު ކުރުމަށް މަސައްކަތް ކުރެއްވި ފެސިލިޓޭޓަރ މުޙަންމަދު ޒާހިދާއި, އެލްޖީއޭގެ ޑިރެކްޓަރ މުޙަންމަދު ނަޞީރެވެ. އަދި ލ. އަތޮޅު ކައުންސިލްގެ ރައީސާއި, އިދާރީ މުވައްޒަފުންނެވެ.

 
ލާމަސީލުލާމު ރަށު ކައުންސިލްތަކުގެ މަހާސިންތާގެ ތެރެއިން.  ފޮޓޯ:އަތޮޅުކައުންސިލް

 

ލިޔުން ޙިއްސާ ކުރައްވާ

1 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

މަހާ ސެހެންސާހް

9 ޑިސެންބަރު 2023

ބައްދަލުވުން ކައުންސިލްތިއީ، ފޮނަދޫއައް މީހުން އެކިކަންކަމުގެ ގެންދިއުމައް ކުރާމަސައްކަތް. ކޮރަޕްޓަކާ

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1