ލާމުއަތޮޅަށް ނިސްބަތްވާ ފުރަތަމަ އަންހެން ސްޓޭޓް މިނިސްޓަރަކަށް ޒުހުރުބާނު

Laamu Atholhah nisbaiyvaa furathama Anhen State Minister akah  Zuhurbaanu

ހައްދުންމަތީގެ ޤާބިލް ކަނބަލެއް ސްޓޭޓް މިނިސްޓަރކަމަށް އައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ. 

މި ތާރީޚީ ޝަރަފުވެރި ފަރާތަކީ ހައްދުންމަތީގެ ތަޢުލީމީ ދާއިރާގައި ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ލ.ފޮނަދޫ އަލްފާޟިލާ ޢާއިޝަތު ޒުހުރުބާނެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ޒުހުރުބާން އައްޔަންކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމަށެވެ. އެކަމަށްޓަކައި ލާމުން ތަހުނިޔާ އާއި މުބާރިކުބާދު އަރިސްކުރަމެވެ. 

ހައްދުންމަތީ ފޮނަދޫއަށް އުފަން ޢާއިޝަތު ޒުހުރުބާނުއަކީ 2014 ވަނަ އަހަރު ވިލާކޮލެޖުން މާސްޓަރސްއޮފް އެޑިއުކޭޝަން ޙާޞިލްކުރައްވާފައިވާ ކަނބަލެކެވެ. އޭނާ ފުރަތަމަ ޑިގްރީ ޙާޞިލްކުރެއްވީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން 2009 ވަނަ އަހަރުއެވެ. އެއީ ބެޗެލަރ އޮފް ޓީޗިންގ ސެކަންޑަރީ (ކޮމާސް އެންޑް މެތަމެޓިކްސް) އެވެ. ޒުހުރުބާނު ޖީސީ އޯލެވެލް ޙާޞިލްކުރެއްވީ އަމީނިއްޔާ ސްކޫލުންނެވެ. ގްރޭޑް 1 އިން 7 އަށް ތަޢުލީމު ޙާޞިލްކުރެއްވީ ލ.އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. 

ހައްދުންމަތީގެ ތަޢުލީމީ ދާއިރާގައި ނުހަނު ޚިދުމަތްތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ފޮނަދޫ ޢަބުދުއްޞަމަދު ޢަލީގެ ދަރިކަނބަލެއްކަމުގައިވާ ޒުހުރުބާނުގެ ޤައުމީ ޚިދުމަތް ދެއްވާފައިވަނީ ތަޢުލީމީ ދާއިރާއިންނެވެ. އޭނާ ވަނީ ލ.އ.ތ.މ ގައި ޓީޗަރުކަމާއި ލީޑިންގ ޓީޗަރުކަން އަދާކުރައްވައި 2015 ޖެނުއަރީ އިން 2018 ނޮވެމްބަރު 13 އަށް ލ.އ.ތ.މ ގެ ހެޑް އޮފް ސްކޫލްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އޭގެ ފަހުން  14 ނޮވެމްބަރ 2018 އިން ފެށިގެން ހުޅުމާލޭ ހުރަވީ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްކަންވެސް ކުރައްވާފައިވެއެވެ. އެއަށްފަހު އެން.އައި.އީގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓްގެ މަޤާމުގައި ހުންނަވައިގެން ލ.އަތޮޅާއި ތ.އަތޮޅުގެ ސްކޫލްތަކުގެ މުދައްރިސުންގެ ފަންނީ ކުރިއެރުމަށް 2021 އިން 2023 އަށް އޭނާ ކުރެއްވި ޚިދުމަތްތަކަކީ ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ.  އޭގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރުސިޓީ ގައްޔާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީގައްޔާއި އެވިޑްކޮލެޖާއި މައިކޮލެޖްގައި ދާރިސެއްގެ ގޮތުގައި އޭނާ ކިޔަވައިދެއްވާފައިވެއެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ސަރުކާރުގެ 10 ވުޒާރާއަކަށް ޖުމްލަ 13 ސްޓޭޓް މިނިސްޓަރުން އައްޔަނުކުރައްވައި އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަގާމުގެ ފަތްކޮޅު ދެއްވާފައިވެއެވެ. 
މިގޮތުން، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރެއްވި ބޭފުޅުންނާއި އެބޭފުޅުން ޢައްޔަނުކުރެއްވި މަގާމުތަކަކީ:

  1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް - ޝެރީނާ ޢަބްދުއްޞަމަދު، ސ. މަރަދޫ، ސަނީޑޭލް.
  2. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް - ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ.
  3. މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން - ޢާއިޝަތު ޞަފޫރާ، ސ. ފޭދޫ، އީރާނުގެ.
  4. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް - މުޙައްމަދު ޛަހީން، ހއ. ކެލާ، އުފަންވެލި.
  5. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް - އާމިނަތު ޝިރުނާ، މއ. ދަޑިކޮށީއިރުމަތީގެ.
  6. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް - އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު، ގއ. ދެއްވަދޫ، ނާރެސް.
  7. މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް - އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން، މ. ޕެޓީބާރޑް.
  8. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - މަރްޔަމް ޢަޛުރާ އަޙްމަދު، މ. ހުކުރަދިގެ.
  9. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އަޙްމަދު ޢާޠިފް، އއ. ފެރިދޫ، ޝަބްނަމްގެ.
  10. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - ޢާއިޝަތު ޒުހުރުބާނު، ލ. ފޮނަދޫ، ހުރާ.
  11. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ - އިބްރާހީމް މިމްރާޙް، ރ. އިންނަމާދޫ، ސީތާ.
  12. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ޢަބްދުއްލަޠީފް އަޙްމަދު ، ދަފްތަރު. ނަންބަރު ރސ 2345.
  13. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް - މުޙައްމަދު މާހިރު، ގ. ގާކޮށި ފްލެޓް ބީ110 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1