ހައްދުންމަތީގެ ކައުންސިލެއްގައި ހުޅުވާ ފުރަތަމަ ލައިބްރަރީ އާއެކު އިސްދޫކައުންސިލް ތާރީޚުގެ ތެރެޔަށް

Laamu Atholhuge Council eggai hulhuvi furathama Library aa eku Isdhoo Council Thaareekhuge thereyah

ލ.އިސްދޫ ކައުންސިލްގެ ލައިބްރަރީ ހުޅުއްވާއިދެއްވީ ކައުންސިލްގެ ރައީސް

ހައްދުންމަތީގެ ކައުންސިލެއްގައި ހުޅުވާ ފުރަތަމަ ލައިބްރަރީގެ ގޮތުގައި އިސްދޫގެ ކައުންސިލް އިދާރާގައި އެކައުންސިލުން ލައިބްރަރީއެއް ހުޅުވައިފިއެވެ.

ހައްދުންމަތީގެ ރަށްރަށުގައި މީގެ ކުރިން ލައިބްރަރީތައް ހުރީ ހަމައެކަނި ސްކޫލްތަކުގައެވެ. ނަމަވެސް މިއަދު ހުޅުވުނު ލައިބްރަރީ ވެގެންދާނީ ހައްދުންމަތީގެ ކައުންސިލް އިދާރާއެއްގައި ހުޅުވާ ފުރަތަމަ ލައިބްރަރީއަށެވެ. އެހެންކަމުން މިއީ އަންޒަމާނުންސުރެ "އިސްރަށު"ގެ ގޮތުގައި ބެލެވުނު ތާރީޚީ އިސްދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ޒަމާނީ ފަޚުރަކަށެވެ. 

ލައިބްރަރީ ހުޅުވުމަށްޓަކައި މިއަދު ލ.އިސްދޫ ކައުންސިލްގެ އިދާރާގައި އޮތް ރަސްމިއްޔާތުގައި ލައިބްރަރީ ހުޅުއްވާއިދެއްވީ އިސްދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ޚަލީލެވެ. 

 

ލ.އިސްދޫ ކައުންސިލްގެ ލައިބްރަރީ ހުޅުވުމުން ބައެއް މުއައްޒަފުންނާއި މުއައްސަސާތަކުގެ ވެރިން ލައިބްރަރީގައި ހުރި ފޮތްތައް ބައްލަވާލައްވަނީ. (ފޮޓޯ: އިސްދޫކައުންސިލް)

މިއަދު ހުޅުވުނު ލައިބްރަރީއަކީ މުވައްޒަފުންގެ ޢިލްމީ ޤާބިލްކަން އިތުރުވެ، ދުނިޔޭގެ ކަންކަމަށް ލޯހުޅުވުން އިތުރުވެ، ފަރުދީގޮތުން މުއައްޒަފުން ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން މުއައްސަސާގެ ކުރިއެރުމަށް އެޅުނު ފާލަމެއް ކަން ޔަޤީނެވެ. މިއީ އިސްދޫ ކައުންސިލުން އިސްނަންގަވައިގެން ހިންގަވަމުންދާ އުންމީދީ ޙަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ލާމަސީލު މަސައްކަތެއްކަން "ލާމުން" ފާހަގަކުރަމެވެ. 

ވޭތުވެދިޔަ 2022 ވަނަ އަހަރުގައި ކައުންސިލްތަކާއި އ.ތ.މ ކޮމެޓީތައް މަސައްކަތްކޮށްފައިވާ މިންވަރު ދެނެގަތުމަށް ހައްދުންމަތީ އަތޮޅުކައުންސިލުން ބެލިމިންގަނޑުން 3 ވަނަ ރަށު ކައުންސިލަކަށް ދެވޭ  އައްޝައިޚް އެދުރު ޢުމަރު މާފަތްކަލޭގެފާނު އެވޯޑް ޙާޞިލްކުރީ އިސްދޫ ކައުންސިލެވެ. ރޭންކިންގައި އެންމެ ރަނގަޅު 5 ރަށު ކައުންސިލާއި ރޭންކިންގައި އެންމެ ރަނގަޅު 5 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ތެރޭގައިވެސް އިސްދޫ ކައުންސިލާއި އިސްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ހިމެނެއެވެ. 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1