ލިޔުނީ: ޠާހާ އަބޫބަކުރު
25 ނޮވެންބަރު 2023
0
"އެން.އެސް.އެސް ރީޖަނަލް ހެޑްކްއާރޓާރޒް – ކައްދޫ"ގެ ނަމުގައި ހައްދުންމަތީގައި ސިފައިންގެ މަރުކަޒެއް ޤާއިމުކުރެވުނުތާ 30 އަހަރުފުރިއްޖެއެވެ. 1993 ނޮވެމްބަރު 25 ގައި މިމަރުކަޒު ހުޅުއްވައިދެއްވުމަށް ބޭއްވުނު ޚާއްސަ ޖަލްސާގައި އޭރުގެ ސިފައިންގެ ބައެއް އިސްވެރިންނާއި ހައްދުންމަތީގެ އަތޮޅުވެރިޔާގެ ޒިންމާ އަދާކުރައްވަމުން ގެންދެވި އިބްރާހިމް ޒުހައިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެއިރު ސިފައިންގެ މަރުކަޒުގެ ގޮތުގައި ބޭނުންކުރި ޢިމާރާތުގައި މިހާރު އެހެރީ ކައްދޫ އެއަރޕޯރޓް ރެސްޓޯރެންޓެވެ. ދާދިފަހަކާއިޖެހޭންދެން "ސިންފަނީ" ރެސްޓޯރަންޓް ހިންގި ޢިމާރާތެވެ. ކައްދޫގެ އިރުމަތީގައި މިހާރު ސިފައިން ޤާއިމުވެތިބޭ މަރުކަޒު ޢިމާރާތްކުރުމަށްފަހު އެތަނަށް ހެޑްކްއޯޓަރޒް ބަދަލުކުރީ 2000 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. ރީޖަނަލް ހެޑްކްއޯޓަރޒްގެ ނަމުން އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިޔާގެ ކައްދޫ ޕޯސްޓްގެ ނަމަށް ބަދަލުވެ 2011 ވަނަ އަހަރުން ފެށިގެން އެއީ އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިޔާގެ ހެޑްކްއޯޓަރޒްއެވެ.
ވޭތުވެދިޔަ 30 އަހަރުގެ ދިގު މުއްދަތުގައި ކައްދޫގައި ޤާއިމުވެފައިތިއްބެވި ސިފައިންވަނީ ހައްދުންމައްޗަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ކައްދޫގައި މަސައްކަތްކުރައްވާ އެންމެހައި ސިފައިންނާއި އާއިލާތަކަށް މިއުފާވެރި މުނާސަބަތުގައި ލާމުން ތަހުނިޔާ ދަންނަވަމެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

1