ހައްދުންމަތީ ހިތަދޫން ޤަދީމީ ހިރިގަލު ފޮށްޓެއް ފެނުނީ ހިތަދޫ ދިލްކުޝާގޭ ގޯތިތެރެ ކޮންނަނިކޮށް:
ހައްދުންމަތީ ހިތަދޫން ޤަދީމީ ހިރިގަލު ފޮށްޓެއް ފެނުނީ ގެއެއްގެ ގޯތިތެރެ ކޮންނަނިކޮށެވެ.
މީގެ ކުރީން ރާއްޖޭގެ އެކި ރަށްރަށުން ފެނިފައިވާ މިފަދަ ހިރިގަލު ފޮށިތަކުގައި ހުރި ފަދަ ކުރެހުންތައް މި އާސާރީ ފޮށީގައިވެސް ކަނޑައިނަގާފައި އެބަހުއްޓެވެ. ފޮށީގެ އެތެރޭގައި ހުރީ ލޮއިފޮތްޗަކާއި އިހު ޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުންކުރި ބޮއްޔެވެ. މިފޮށިފެނުމާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ހިތަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ޝަމްޢޫން ވިދާޅުވީ އެތަކެތި ފެނުމުން ސަގާފީ ތަރިކައިގެ ގާނޫނުގައިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.
މިފޮށްޓާބެހޭ ގޮތުން މިއަދު ކައުންސިލުން ގޮތެއް ނިންމާނެއެވެ. ހިތަދޫގެ ސަގާފީ އަދި ޠަބީޢީ ތަރިކަ ހިމާޔަތްކުރުމަށް ހިތަދޫ ކައުންސިލާއެކު މަސައްކަތްކުރަމުންދާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ލޯކަލްޓޫރިޒަމްއަށް ފައްކާވެފައިވާ ހިތަދޫން މިފަދަ އާސާރީއެއްޗެއް ފެނުމަކީ ރަށަށް ލިބުނު ވަރަށްބޮޑު ފައިދާއެކެވެ. މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ޠާހާ އަބޫބަކުރު ވިދާޅުވިގޮތުގައި "ލައްގަޅޭ ލައްގަޅޭ ރަންފޮށްޓެއް ލައްގަޅޭ މައިން މަގަށް ލައްގަޅޭ" ކިޔަމުން ރަށަށް ފާގަތިކަން ހޯދައިދިނުމަށް ކެނޑިނޭޅި ގަދައަޅައި މަސައްކަތްކުރަމުންދާ ހިތަދޫ ކައުންސިލާއި ރައްޔިތުންނަށް މިފަހަރު މިލިބުނީ ހިރިގަލުން ހަދާފައިވާ ފޮށްޓެއް ސިފައިގައި އޮތަސް ހަމަ ރަންފޮށްޓެކެވެ. އެހެންކަމުން ކައުންސިލާ ގުޅިގެން ހިތަދޫގައި މިއުޒިއަމެއް ހެދުމުގެ މަސައްކަތް އެޖަމިއްޔާއިން ހުށައަޅަން ގަސްދުކުރާ ކަމަށް ވިދާޅުވިއެވެ.
ސަގާފީ ތަރިކައިގެ ގާނޫނުގެ ފަސްވަނަ ބާބުގެ 28 ވަނަ މާއްދާގައި ވާގޮތުން އަލަށް އެފަދަ އެއްޗެއް ފެނިއްޖެނަމަ އެ ފެނުނު ފަރާތަކުން، ނުވަތަ އެފަދަ އެއްޗެއް ފެނުނުކަން އެނގިފައިވާ ފަރާތަކުން އެކަން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލްގެ އިދާރާއަށް، އެ އެއްޗެއް ފެނުނުތާ 48 ގަޑިއިރުގެ ތެރޭގައި އަންގަންވާނެ އެވެ. އަދި އެފަދަ އެއްޗަކާބެހޭ މަޢުލޫމާތު ރަށު ކައުންސިލްގެ އިދާރާއަށް، ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާއަށް، ނުވަތަ ސިޓީ ކައުންސިލްގެ އިދާރާއަށް ލިބުމުން، އެކަން 48 ގަޑިއިރުގެ ތެރޭގައި އެ އިދާރާތަކުން މަރުކަޒަށް އަންގަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
ޤުދުރަތީ ގޮތުން ޗާލުކަމުގެ ދެވަނައެއް ނެތް ފަދަ ރީތި މާހައުލެއް ހިމެނޭ ހިތަދޫގައި އޮންނަ ކަނޑޫފާތައް ބަލައިލާން ފަތުރުވެރިންނާއި ދިވެހިންގެ އެތައް ބަޔަކު ޒިޔާރަތްކުރަމުންދެއެވެ. ހިތަދޫގެ އާސާރީ މިސްކިތާއި މަރުބީނާ އުސްގަނޑާއި ޒިޔާރަތް ހިމެނޭ މުއްސަނދި ސަގާފީ ތަރިކައިގެ ލިސްޓަށް އާސާރީ ހިރިގަލު ފޮށްޓެއް އިތުރުވެގެން ދިޔުމަކީ ހިތަދޫގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިތުރު ފަހިކަމެކެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1