ލުޠުފީ 1988 ގައި އަދި 2019 ގައި
ބަޑިބުރާސްފަތީގެ މޭސްތިރި 19 ދިވެހީންގެ ޤާޠިލު ހ.ހާޖަރާގޭ ޢަބުދުﷲ ލުޠުފީ މިނިވަން ވެއްޖެއެވެ.
އޭނާ މިއަދު މިނިވަންވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން އޭނާ ބޭސްފަރުވާކުރުމަށް ލަންކާއަށް ފޮނުވުމުން ފިލައިގެން 9 އަހަރު ހޭދަކުރި މައްސަލައިގައި އޭނާގެ މައްޗަށް އިއްވި ޖަލު ޙުކުމް ތަންފީޒުކޮށް ނިމުމުންނެވެ. ނޮވެންބަރު 3 ގެ މައްސަލައިގައި އޭނާއަށް މަރުގެ ޙުކުމް އިއްވި ނަމަވެސް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމްވަނީ އޭނާގެ ޙުކުމް އުމުރު ދުވަހުގެ ޖަލުޙުކުމަކަށް (25 އަހަރަށް) ލުއިކޮށްދެއްވާފައެވެ. އޭނާ ފިލިއިރު ޖަލު ޙުކުމުގެ ބާކީ އޮތީ 4 އަހަރެއްހައި ދުވަހެވެ. ފިލައިގެން ނުދިޔަނަމަ 2014 ވަނަ އަހަރު އޭނާ މިނިވަންވީހެވެ.
ލުޠުފީ ފިލި މައްސަލައިގެ ޙުކުމް ތަންފީޒުކުރަން ފެށީ މިއަހަރުގެ އޭޕްރީލް 25 ވަނަ ދުވަހުއެވެ.
ލުތުފީ އިސްވެ ހުރެ ވެރިކަން ވައްޓާލަން ދިން ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި 8 ސިފައިންނާއި އާންމުންގެ 11 މީހަކު ޝަހީދުވިއެވެ. މި ހާދިސާއަށް 35 އަހަރު ފުރުނުއިރުވެސް ޢާންމު ދިވެހީންގެ ހިތުގައި އެދުވަހުގެ ބިރުވެރިކަން އިއްޔެ ވީކަމެއްހެން އައުވެ އައުވޭވެ އެބަހުއްޓެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1