މާވަށު "ކިލާގަނޑު" ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން. (ފޮޓޯ: މޫސާ ޝަރީފް/މާވަށް)
ލިޔުނީ: ޙުސައިން ޝަރީފް
9 ޑިސެންބަރު 2023
0
ހައްދުންމަތީ މާވަށު ކައުންސިލާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން މާވަށު ކުޅި ނުވަތަ"ކިލާގަނޑު" އިހު އޮތްގޮތަށް އިޢާދަކުރުމަށްޓަކައި އެސަރަޙައްދު ސާފުކުރުމުގެ މަސައްކަތުގެ 3 ވަނަ ބުރު ކުރިއަށް ގެންގޮސްފިއެވެ.
މާވަށު "ކިލާގަނޑު" ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން (ފޮޓޯ: މޫސާ ޝަރީފް/މާވަށް)
މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ 9 ޑިސެމްބަރު 2023 ވީ ހޮނިހިރު ދުވަހު ހެނދުނު 6 އިން 8.30 އަށެވެ. މި މުހިއްމު މަސައްކަތް ފުރަތަމަ ފަށާފައި ވަނީ 25 ނޮވެމްބަރު 2023 ގައެވެ.
މި މަސައްކަތުގައި ރަށުގެ މުއައްސަސާތަކާއި ވިޔަފާރިތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި ރަށުގެ ރައްޔިތުންގެ އިތުރުން މިފަދަ މަސައްކަތްތަކަށް ޝައުޤު ހުންނަ ޒުވާނުން ބައިވެރިވެއެވެ. ކުޅި ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެސަރަޙައްދު ވަކިކުރުމަށް ކައުންސިލުން ޖަހާފައިވާ ފެންސުގެ އެތެރޭގައި ހުރި ހުރިހާ ކުނިބުންޏެއް ނަގާ ސާފުކުރުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން މި ސަރަހައްދުގައިވާ ކިލާގަނޑާ ނުގުޅޭ ބާވަތްބާވަތުގެ ވިނަ އާއި ގަސްތައް ނެގުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެއެވެ.
ރާއްޖޭގެ ރަށްރަށުގެ ޠަބީޢީ ސިފަތައް އިއާދަކުރުމުން ބިނާވެއްޓާއި ރަށުގެ އިޤްތިޞާދަށް ލިބޭ ފައިދާތަކުގެ ހޭލުންތެރިކަން އިތުރުވެފައިވާ މިޒަމާނުގައި ކުޅިތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރެވެމުން ދެއެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1