ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމަށް ހުށައަޅާ ޤަރާރު ފާސްކުރުމުގައި، މަޖްލީހުގެ ޢަދަދު ބަލާނީ އެވަގުތު މަޖްލީހުގައި ދެމި ތިބި މެމްބަރުން ކަމަށް ކަނޑައަޅަިއި މަހްލީހުގެ ޤަވާޢިދަށް ގެނައި އިސްލާޙު ތަޅުމުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމަށް ސިޔާސީގޮތުން ރޭވިގެން މަޖިލިސްތެރެއިން ހިންގާ އަޑިނުބައި ހަރަކާތެއްގެ ގޮތުގައި ބެލެވޭ މި ނިންމުމުގެ ސަބަބުން ޤައުމު ނުބައި ފައްތަރަކަށް ދިއުމުގެ ފުރުޞަތު ބޮޑެވެ. މިއީ ޑރ.މުޢިއްޒުގެ އެއްމަހާއި އެއްދުވަސްވީ ސަރުކާރަށް ކުއްލި ސިހުމެއް ގެނުވާނެ ކަމެކެވެ. ސިޔާސީ މަސްރަޙަށް ލޮޅުންތަކެއް އެރުމަށް މަގުފަހިވާނެ ސަބަބެކެވެ. ސިޔާސީ ދާއިރާ ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި މިއީ އަނެއްކާވެސް މަޖިލީހުން ނުވަތަ މަޖިލީސް ސްޕްރީމް ކޯޓަށް ދާންޖެހިދާނެ ފަހަރެކެވެ. އުފެދިފައިވާ ތަފާތު ޤާނޫނީ ސުވާލުތަކަށް ކޮންމެ ގޮތަކުން ނަމަވެސް ނިހާއީ ޖަވާބެއް ހޯދަދޭންޖެހޭނެއެވެ.
މަޖިލީހުން މިނިންމުން ނިންމާފައިވާ ސަބަބާ މެދު ތަފާތު ގޮތްގޮަތަށް ވިސްނުމުގެ ފުރުޞަތު އެބައޮތެވެ. ކުރިޔަށް އޮތްދުވަސްތަކުގައި ނިއުޅެމުންދާ ކަންތައްތަކުން އިތުރަށް މަންޒަރު ސާފުވަމުންދާނެއެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1