މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޖަލްސާއެއްގައި ޢަބްދުއްރަޙީމް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ޕީޕީއެމް
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިި ވާދަކުރެއްވުމަށް, ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މުޝީރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ނިންމަވައިފިއެވެ.
މީސްމީޑިއާގެ ބައެއް މަންސަތަކުގައި ޢަބްދުއްރަޙީމް މިއަދު ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ގޮތުން އޭނާ ވާދަކުރައްވަން ނިންމަވާފައިވަނީ ލ.ފޮނަދޫ ދާއިރާއަށެވެ.
ޢަބްދުއްރަޙީމަކީ ފޮނަދުއަށް އުފަން ބޭފުޅެކެވެ. އެ ދާއިރާގައި ހިމެނެނީ ފޮނަދުއާއި މާމެންދުއެވެ.
''2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތާއީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިޚްލާސްތެރިކަމާާއެކު އެދެމެވެ.'' މީގެކުރިން މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލު ކުރެއްވި ޢަބްދުއްރަޙީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
18 ވަނަ މަޖިލިސް އިންތިޚާބުގައި ފޮނަދޫ ދާއިރާ ތަމްސީލު ކުރެއްވި ޢަބްދުއްރަޙީމް ވަނީ 19 ވަނަ މަޖިލިސް އިންތިޚާބުގައި ވެސް ވާދަކުރައްވައިފައެވެ. ނަމަވެސް މިހާރު އެ ދާއިރާ ތަމްސީލު ކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި މޫސާ ސިރާޖެވެ.
''ލާމުން'' ނޫހަށް މައުލޫމާތު ލިބިފައިިވާ ގޮތުން ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ސިރާޖު މިފަހަރު ފޮނަދޫ ދާއިރާއަށް ވާދަނުކުރައްވާނެއެވެ.
ފޮނަދޫ ދާއިރާއަށް ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރައްވާފައިވަނީ ޢަބްދުއްރަޙީމް އެކަންޏެވެ.
މަޖިލިސް އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އިންތިޚާބު އޮންނާނީ ޑިސެމްބަރު 23 ވަނަ ދުވަހުގައެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1