ރައްޔިތުންގެ މަޖިލީހުން އެމަޖިލީހުގެ މެމްބަރުންގެ މުސާރަ ލައްކައަކަށް ބޮޑުކުރަން ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރިގޮތުން، ކުރިން 80 ހާސް ރުފިޔާގެ މުސާރައެއް ލިބެމުންދިޔަ ރައްޔިތުންގެ މަޖިލީސް މެންބަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 100،000 ރުފިޔާ ލިބޭނެއެވެ.
މިއަދު އޮތް މާލިއްޔަތު ކޮމިޓީގައި އެންމެ ފުރަތަމަ ހުށަހެޅީ މުސާރައިގެ ގޮތުގައި 82،000ރ. މެންބަރުންނަށް ކަނޑައެޅުމަށެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 57،000ރ. އާއި ލިވިން އެލަވަންސް އާއެކު 82،000ރ. އެވެ. ނަމަވެސް ކޮމިޓީގެ މެންބަރުން އިތުރަށް މަޝްވަރާ ކުރުމަށްފަހު ފާސްކުރީ މެންބަރުންނަށް 80،000ރ. ގެ މުސާރައަކާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000ރ. ގެ އެލަވަންސެއް ދޭގޮތަށެވެ. އެހެންކަމުން ޖުމްލަ މަހަކު 100،000ރ. ގެ މުސާރައެއް މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންގެ މުސާރަ ބޮޑުކަމުގެ ޝަކުވާއަކީ ޢާންމު ރައްޔިތުން އަބަދުމެ ކުރާ ޝަކުވާއެކެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1