ލިޔުނީ: މަރިޔަމް އިބްރާހިމް
14 ޖަނަވަރީ 2024
0
ޤައުމީ ޔުނިވަރުސިޓީގެ ލ.ގަމު ކެމްޕަހުގެ މެނޭޖަރުކަމަށް ލ.ގަމު އަލްފާޟިލް ޠާހާ އަބޫބަކުރު ހަމަޖައްސަވައިފިއެވެ.
މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ޠާހާ އަބޫބަކުރު މިމަޤާމަށް އެމް.އެން.ޔޫ އިން ހަމަޖައްސަވާފައިވަނީ މިއަދުއެވެ. އޭނާ އަކީ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރޒް އޮފް ސައިންސް އިން އިންފޮމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ބެޗެލަރ އޮފް އޮނަރސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް ޙާޞިކުރައްވާފައިވެއެވެ.
2005 އިން ފެށިގެން މަތީ ތަޢުލީމު ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ޠާހާ އަބޫބަކުރު ވަނީ އެމް.އެން.ޑީ.އެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޯސްތަކުގައި ލެކްޗަރަރ އެއްގެ ގޮތުގައި ކިޔަވައިދެއްވުމުގެ އިތުރުން މައިކޮލެޖާއި ޤައުމީ ޔުނިވަރުސިޓީގައި ޕާޓްޓައިމް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. 2019 އިން ފެށިގެން މިހާތަނަށް ވިލާ ކޮލެޖް ލ.ގަން ކެމްޕަހުގެ މެނޭޖަރުކަން ކުރައްވަމުން އެކޮލެޖުގެ ލެކްޗަރަރއެއް ގޮތުގައިވެސް މަސައްކަތްކުރައްވާފައިވެއެވެ.
މީގެ އިތުރުން ޠާހާ އަކީ ދިވެހިރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސެވެ. އަދި ސްކައުޓް އެސޯސިއޭޝަންގެ ލާމު އަތޮޅުގެ ހެޑްކްއޯޓަރ ކަމިޝަނަރކަމުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވައެވެ.
އެމް.އެން.ޔޫ ގަމު ކެމްޕަހަކީ ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ލެވެލްގެ ކޯސްތައް ހިންގަމުން އަންނަ ކެމްޕަހެކެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1