ޕާސްޕޯޓުގެ ޚިދުމަތް ލާމުން ދިނުމާ ބެހޭގޮތުން ފޮނަދޫ ކައުންސިލާއި އިމިގްރޭޝަންގެ ޓީމް ބައްދަލުކުރުން
ހައްދުންމަތީގައި ދިވެހި ޕާސްޕޯޓްގެ ޚިދުމަތް ތަޢާރަފުކޮށް، ފޮނަދޫގައި ދިވެހި ޕާސްޕޯޓް ކަލެކްޝަން ސެންޓަރެއް ޤާއިމްކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފެށުމަށްޓަކައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝަންމާން ވަޙީދާއި އެ އިދާރާގެ އިސް ވަފުދެއް ފޮނަދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.
އެގޮތުން އިމިގްރޭޝަންގެ ވަފުދު ވަނީ އިއްޔެ ލ.ފޮނަދޫ ކައުންސިލާ ބައްދަލުކުރައްވާފައެވެ. ފޮނަދޫގައި ޕާސްޕޯޓް ކަލެކްޝަން ސެންޓަރެއް ޤާއިމުކުރުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި އިންތިޒާމްތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ލާމުން"އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ފޮނަދޫ ކައުންސިލްގެ ރައީސް އަޙުމަދު ރިޔާޒް ވިދާޅުވީ ޚިދުމަތްދޭން ފެށޭނެ ތާރީޚް އަދި ނުދެންނެވުނު ނަމަވެސް، ސަރުކާރުގެ 14 ހަފްތާގެ ހަރަކާތްތަކުގެ ތެރޭގައި މިމަސައްކަތުގެ ޢަމަލީ ސިފަ ޖެހިގެންދާނެއެވެ.
ޕާސްޕޯޓް ހައްދަން މާލެދާންޖެހުމަކީ ހައްދުންމަތީގެ ރައްޔިތުން ބޮޑު ހޭދައެއްކުރާންޖެހޭ ތަކުލީފު ބޮޑު ކަމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައުމަކީ ހައްދުންމަތީގެ ވަރަށް ގިނަ ބަޔަކަށް ލިބޭނެ ބޮޑު އުފަލެކެވެ. ޕާސްޕޯޓްގެ ޚިދުމަތް ލ.އަތޮޅުގައި ޤާއިމުކުރުމަށް ބޭނުންވާތީ ލ.އަތޮޅު ކައުންސިލުންވެސް ކުރީ ސަރުކާރުގައި އެތައް ފަހަރަކު އެދުނެވެ. ނަމަވެސް ސަރުކާރު ބަދަލުވީ އިރުވެސް މިކަމާ ގުޅޭ ޢަމަލީ އެއްވެސް މަސައްކަތެއް ކުރިޔަށް ނުދިޔައެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1