ޤައުމަކަށް ނުވަތަ ބަޔަކަށް ލިބިފައިވާ ބިންކޮޅު ކުޑަކަމާއި އެ ބައެއްގެ އަދަދުގެ މަދު ކަމަކީ ޤައުމަށް އަމާނާތްތެރިވުމާއި ޤައުމީ ލޯތްބަށް އޮތް ހުރަހެއް ނޫން

Qaumakah nuvatha bayakah libifaivaivaa binkolhu kudakamaai ebayehgge adhadhuge madhu kamakee Qaumah amaanaaiytherivumaai Qaumee loiybah oiy huraheh noon.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް

ޤައުމަކަށް ނުވަތަ ބަޔަކަށް ލިބިފައިވާ ބިންކޮޅު ކުޑަކަމާއި އެ ބައެއްގެ އަދަދުގެ މަދު ކަމަކީ ޤައުމަށް އަމާނާތްތެރިވުމާއި ޤައުމީ ލޯތްބަށް އޮތް ހުރަހެއް ނޫންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މި ފަދައިން ވިދާޅުވީ ދިވެހި ރާއްޖޭގެ ނަސްރުގެ ދުވަސް 2023 ފާހަގަކުރުމަށް ބ. ތުޅާދޫ ކައުންސިލުން އިންތިޒާމުކުރައްވައިގެން އެރަށުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދުވަހާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖެއާ ކުރިމަތިވި ޢުދުވާނީ ހަމަލާގައި ތުޅާދުއަށް ނިސްބަތްވާ ސިފައިންގެ އެއް ބޭކަލަކު ކަމުގައިވާ ޙުސައިން މުޙައްމަދު ވަނީ ޝަހީދުވެފައެވެ. ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާގެ ބޮޑީގާޑަކަށް ހުންނެވި ޢަލީ ޙަސަނަކީ ވެސް އެ ދުވަހުގެ ހަނގުރާމައިގައި ހިތްވަރާއި ތެދުވެރިކަން ދެއްކެވި ބޭކަލެކެވެ.

މި ދެބޭކަލުންގެ ހިތްވަރަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ މީގެ 35 އަހަރު ކުރިން ދިވެހީންނާ މި ހަމަލާ ކުރިމަތިވި އިރު އޭރު ތުޅާދުއަކީ މިހާރުގެ ތުޅާދުއާ އަޅާ ބަލާއިރު ވަރަށް ކުޑަކުޑަ ރަށެއްކަމަށެވެ. ނަމަވެސް އެ ހަނގުރާމަގައި ތުޅާދޫގެ މި ދެ ފަހުލަވާނުން ދައްކައިދެއްވީ ވަރަށް މަތިވެރި އަދި އެހާމެ ބޮޑު ޤައުމީ ލޯބީގެ ހަގީގަތެއްކަމަށެވެ.

 

ނަސްރުގެ ދުވަސް 2023 ފާހަގަކުރުމަށް ބ. ތުޅާދޫ ކައުންސިލުން އިންތިޒާމުކުރައްވައިގެން އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން 

މި ފަދަ ފުން ގައުމީ ލޯތްބެއް އޭރުގެ ދިވެހީންގެ ކިބައިގައި އޮތުމުން ގައުމަށް ރައްކާތެރިކަން ލިބުނު ކަމަށާއި މިއަދު އެކަން އަލުން ދިރުވަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު މަޝްރޫޢަކީ އަދުގެ ޖީލުތަކުގެ ހިތްތަކުގައި ދިވެހިވަންތަކަމާއި ދިވެހީންގެ އަސްލުތަކަށް ލޯބިކުރުމުގެ ރޫޙު ދިރިގެންދާނެ ވަރަށް އުންމީދީ އަދި ނަތީޖާ ފެންނާނެ މަޝްރޫޢަކަށް ވާނެކަން ފާހަގަކުރެއްވިއެވެ.

ބ.ތުޅާދޫ މަދަރުސާގައި ބެއްވުނު މި ރަސްމިއްޔާތުގައި ޝަހީދު ޙުސައިން މުޙައްމަދުގެ އަނބިކަބަލުންނާއި އާއިލާ ބައިވެރިވެވަޑައިގަތެވެ

(މިޚަބަރާއި ފޮޓޯ ނެގީ: ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖުންނެވެ)

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1