ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމުކުރަން ނިންމަވައިފި

Raajjeygai furathama faharah fisheries kolejeh qaaimu kuran ninmavaifi

ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ވާހަަކަފުޅު ދައްކަވަނީ

ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި އޮތް ފަންނިއްޔާތު، ރާއްޖޭގެ މަސްވެރިކަމުގައި ޝާމިލުކުރުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވި ޚާއްސަ ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މަސްވެރިކަން ޒަމާނީކޮށް، މަސްވެރިންގެ ގަދަރު އުފުލައި، މަސްވެރިކަން ތިޔާގިކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށާއި އެކަމަށްޓަކައި މަސްވެރިކަން އިލްމުވެރިކުރުން އެއީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ދެކެވަޑައިިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ އަދުގެ މަސްވެރިންގެ ތަޖުރިބާއާއި، ޒުވާން މަސްވެރިންނަށް ފޯރަންވީ ހުނަރާއި، އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި އޮތް ފަންނިއްޔާތު، ރާއްޖޭގެ މަސްވެރިކަމުގައި ޝާމިލްކުރުމަކީ އެމަނިކުފާނުގެ ހުވަފެނެއް ކަމަށާއި އެކަން ހާސިލުކުރައްވާނެ ކަމަށެވެ.


''އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެން ހާސިލުކުރާނެ ހަގީގަތެއް. މިކަމަށްޓަކައި މަސްވެރިން ތަމްރީނުކުރާ މަރުކަޒު، ނުވަތަ ފިޝަރީޒް ޓްރޭނިންގ އިންސްޓިޓިއުޓް އަޅުގަނޑުމެން ގާއިމުކުރާނަން. މި ގޮތުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމުވެގެންދާނެ.'' މިކަމުގެ އިދާރީ މަސައްކަތްތައް 'ހަފުތާ 14'' އިގެ މި މުއްދަތުގެ ތެރޭގައި ހިނގަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.


މި ރޮނގުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު، 'ރެސްކިއު ޑައިވަރ' ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި، ޚާއްސަ ތަމްރީނު ޕްރޮގުރާމެއްގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓް ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ.

ފަރުމަސްވެރިކަމަކީ ވެސް ރާއްޖޭގައި ތަރައްގީ ކުރެވިދާނެ، އާލާކުރެވިދާނެ ސިނާއަތެއްކަން ފާހަގަކުރައްވައި ރައީސް ވަނީ މިފަދަ މަސައްކަތްކުރާ ފަރާތްތަކަށާއި، ޝައުގުވެރިވާ ފަރާތްތަކަށް ލޯނު ލިބޭނެގޮތް ތައާރަފު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.


''ހަމައެހެންމެ، ތަކެއްޗާއި ވަސީލަތުގެ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ. ފަރުމަސްވެރިކަން ކުރާ ސަރަޙައްދުތަކަށް އަމާޒުކޮށް އައިސްޕްލާންޓްތައް ގާއިމުކުރުމަށް އެދޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އަޅުގަނޑުމެންގެ ޕްލޭންގައިވާ ކަމެއް.'' ރައީސް ވިދާޅުވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އެކުއަކަލްޗަރ ދާއިރާއަށް ވެސް އަލިއަޅުވާލައްވައިފައެވެ. އެގޮތުން މި ދާއިރާއިން ޒުވާނުންނަށް ބޭނުންވާ ހުނަރު ދަސްކޮށްދީ، ހެޗަރީތައް ބިނާކޮށް، ކަނޑުގެ ދިރުން އާލާކުރުމުގެ ގާބިލުކަން ރާއްޖޭގައި އުފެއްދުމަށްޓަކައި، މެރީން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ނަމުގައި ސިލްސިލާ ތަމްރީނުތަކެއް، މި ހިނގާ މަހުގެ ތެރޭގައި ފަށާނެކަން ހާމަކުރެއްވިއެވެ.

ހަމައެހެންމެ މަސްވެރިކަމުގެ އިގުތިސާދު ކުރިއެރުވުމަށް، ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގޭ މަޝްރޫއުގެ ދެވަނަ ފިޔަވަހި، މި މަސްތެރޭގައި ފެށިގެންދާނެ ކަމަށާއި މި މަޝްރޫއުގެ ދަށުން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް އަމާޒުކޮށް މަހުގެ ކޮލިޓީ ރަނގަޅުކުރުމަށް ޕްރޮގްރާމްތަކެއް ހިންގޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރޭ ބޭއްވި މި ޖަލްސާގައި ރައީސް ވަނީ މިދިޔަ އަހަރު މަސްވެރިކަމުގެ ސިނާއަތުގައްޔާއި މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ ބޭފުޅުންނަށާއި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ އެކިއެކި ޚިދުމަތްތައް ކުރައްވާފައިވާ 19 ބޭފުޅަކަށް މަސްވެރިންގެ ދުވަހުގެ ޚާއްސަ އިނާމުތައް ހަވާލުކޮށްދެއްވައިފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1