ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް އެމަނިކުފާނުގެ އުފަން އަތޮޅަށް މިރޭ ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގެ މާބޮޑު ތަފުޞީލެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް މުޢުތަބަރު ފަރާތަކުން މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ނޫނެވެ. ނަމަވެސް ލާމު އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތައިލެއްވުމަށް ކުރަންޖެހޭ ބައެއް ކަންކަމާ ގުޅޭ މަސައްކަތްތައް ދަތުރުފުޅުގައިވެސް އެ މަނިކުފާނު ކުރައްވާނެއެވެ.
ލާމު އަތޮޅުގެ ފަތުރުވެރިކަމާ ބެހޭ ގޮތުން ރައްޔިތުން އެންމެ ކަންބޮޑުވާ އެއް މަޝްރޫޢަކީ ބަރެސްދޫ މަޝްރޫޢެވެ. އެ މަޝްރޫޢުގެ ބެލެނިވެރި ފަރާތް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ)އަށް އަލަށް އައްޔަން ކުރެއްވި މެނޭޖިންގ ޑައިރެކްޓަރ ޙައްވާ ޝިއުނާ ޚާލިދު އާ ފަތުރުވެރިކަމާބެހޭ ވަޒީރު މިއަދުވަނީ އެ ވުޒާރާގައި ބައްދަލުކުރައްވާފައެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލްގެ މިދަތުރުފުޅަކީ ވަޒީރުކަން ލިބިވަޑައިގަތުމަށްފަހު އެ މަނިކުފާނު އަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
0%
0%
0%
0%
0%
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1