ސުނާމީއަށް 19 އަހަރު ފާހަގަކުރުން ލާމުން ފަށާނީ ސުކޫތަކުން

Tsunami ah 19 aharu furun faahaga kuraanee Sukoothakun

ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އެއް ކާރިސާކަމުގައިވާ ސުނާމީ ކާރިސާއަށް 19 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ސުނާމީ ކާރިސާގައި ނިޔައުވީ މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި ސުކޫތެއް ގެނައުމަށް ލ.އަތޮޅު ކައުންސިލުން ނިންމައިފިއެވެ. 

ރާއްޖޭގެ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ނަމުގައި ސުނާމީ ކާރިސާގެ ހަނދާންތައް އައުކުރުމަށް ކޮންމެ އަހަރަކުވެސް އެކިއެކި ހަރަކާތްތައް ހިންގި ނަމަވެސް މިއަހަރުގެ ހަރަކާތްތަކަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދާ ހަރަކާތްތަކެއްކަން ފާހަގަކުރެވެއެވެ. އެގޮތުން ދިވެހިބަހާއި ސަޤާފަތާ ތަރިކައާ ބެހޭ ވުޒާރާއިން ވަނީ މާލޭ ސަރަޙައްދުގެ ބައެއް ބޮޑެތި މިސްކިތްތަކުގައި ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކުރާގޮތަށް ނިންމަވާފައެވެ. 

ސުނާމީގައި މަރުވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި، ރާޅު އެރި ކަމަށް ރެކޯޑް ކުރެވިފައިވާ ގަޑި، ހެނދުނު 9:23ގައި ހަމަހިމޭން ކަމުގެ ސްކޫތެއް ގެނައުމަށްޓަކައި  ބާއްވާ ޙަރަކާތް ފެށޭނީ ފޮނަދޫގައި ހުންނަ ސުނާމީ ބިނާ ސަރަޙައްދުގައި ހެނދުނު 09:10 ގައެވެ.

ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ވަނީ ގެއްލިފަ އެވެ. މީގެ ތެރެއިން 25 މީހުންނަކީ ލާމު އަތޮޅުން ނިޔައުވި މީހުންނެވެ.

 

 

 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1