"އަބްދުﷲފަޔާޒު އިސްދޫ ކައުންސިލް ފުޓުބޯޅަ ޗެލެންޖް 2023" ފެށިއްޖެ

Abdulla Fayaz Isdhoo Council Football Challenge 2023 Feshijje

ތުނޑީ ފުޓްސަލް ޗެލެންޖުގެ ޗެންޕިއަންކަން ސްޕާކް ޕްލަގް ހޯދައިފި

ހައްދުންމަތީ އިސްދޫ ކައުންސިލުން އިންތިޒާމު ކޮއްގެން ކުރިއަށް ގެންދާ "އަބްދުﷲފަޔާޒު އިސްދޫ ކައުންސިލް ފުޓުބޯޅަ ޗެލެންޖް 2023"ގެ ފުޓްބޯޅަ މުބާރާތް ފެށިއްޖެއެވެ. 

މިމުބާރާތުގައި އިސްދޫގެ އިތުރުން ދަނބިދޫ އަދި ގަމުން ޖުމްލަ 5 ޓީމެއް ވާދަކުރެއެވެ. މިމަހު ދެވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް ވިއްސާރަވެ މޫސުން ގޯސްވެފައިވާތީ މުބާރާތް ފެށުނީ އިއްޔެ ހަވީރުއެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މާބައިދޫއަށް ނިސްބަތްވާ "ކުލަބް ނާރެސް" ބައްދަލުކުރީ ގަމުގެ ބިއިން އެންކަރޭޖިން ސޮސައިޓީ (ބެސްޓް ) ޓީމެވެ.

މިމެޗް 4-1 އިން ކާމިޔާބުކުރީ ބެސްޓެވެ. މިމެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނު ބެސްޓް ޓީމުގެ އިބްރާހިމް ޙާނިފް (ޖ-7) އަށް ޢިނާމު ޙަވާލުކޮށްދެއްވީ ފުރަތަމަ މެޗްގެ ޝަރަފުވެރި މެހެމާނު އިސްދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޚަލީލެވެ.

 

ފުރަތަމަ މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނު ބެސްޓް ޓީމުގެ އިބްރާހިމް ޙާނިފް (ޖ-7) އަށް ޢިނާމު ޙަވާލުކޮށްދެއްވަނީ

ހައްދުންމަތީ އިސްދޫ ފުޓްބޯޅަ ދަނޑުގައި ކުރިޔަށްދާ މިމުބާރާތް ކުރިން ރޭވިފައިވަނީ މިމަހު 2 އިން 16 އަށް ބޭއްވުމަށެވެ. ނަމަވެސް ފެށުން ލަސްވި ތަންކޮޅުން 1 ދުވަސް ލަސްވާނެކަމަށް ބެލެވެއެވެ. ކޮންމެ ދުވަހަކު ހަވީރު 4 ޖަހާއިރު އޮންނަ މިމުބާރާތުގެ މެޗްތައް ލައިވްކުރަނީ އިސްދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުންނެވެ.

މިއަދު ހަވީރު އޮންނަ މެޗްގައި ދަނބިދޫ ކައުންސިލްގެ ޓީމާ ވާދަކުރާނީ އިސްދޫ ޔުނައިޓެޑް ޔޫތުގެ ޓީމެވެ. 

މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ ޢަބުދުﷲ ފަޔާޒަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާއަށް ވާދަކުރައްވާ ބޭފުޅެކެވެ.

 

 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1