މުބާރާތުގެ ރަންބޫޓް ކާމިޔާބުކުރި މުހައްމަދު ލިޔާހް ފޮޓޯ/ ލީޑް ފޭސްބުކް ޕޭޖް
ލިޔުނީ: މަރިޔަމް އިބްރާހިމް
15 ޖަނަވަރީ 2024
0
ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ފޮނަދޫ ކައުންސިލް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2024ގެ ޗެމްޕިއަންކަން "އަފޭން" ހޯދައިފިއެވެ.
ފޮނަދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުގައި އަފޭން ޓީމުން ކަންމަތީ ސްޕޯޓްސް ކްލަބު ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަފޭން ޓީމުގެ މުހައްމަދު ލިޔާހު ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ.
ނެށުމުގެ ހަރަކާތްތަކާއެކު ކުލަގަދަކޮށް ފެށި ފައިނަލް މެޗު އެއްކޮށް ކަހަލަ ގޮތަކަށް ދެޓީމުގެ ސަޕޯޓަރުންވެސް ދިޔައީ އަޑު ގުގުމަމުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި އަފޭން ވަނީ ފުލުފުލުގައި ގޯލުތައް ޖަހައި ފެށުން ރަނގަޅުކޮށްފައެވެ. އަފޭންގެ ފުރަތަމަ ތިން ގޯލު ޖެހީ ލިޔާހާއި އާދަމް ލަރީފް (ރޮނާ)އެވެ. ލިޔާހް ވަނީ ފުރަތަމަ ކޮޅުގައި ދެ ގޯލު ޖަހައިފައެވެ.
އޭގެފަހުން ކަންމަތިން ކުޅުން ރަނގަޅުކޮށް، އަލީ އިފާޒްގެ ގޯލުން ހިތްވަރު އާކުރިއެވެ. އަދި މުހައްމަދު ޝަފްރާޒް (ޝަފްލޭ) ޖެހި ގޯލުން ނަތީޖާގެ ފަރަގު އެއް ގޯލަށް ކުޑަކުރިއެވެ.
ދެވަނަ ހާފަށް ނުކުމެ ކަންމަތިން ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި ނަމަވެސް، ފަހުކޮޅުގައި އަފޭން ކުޅުން ރަނގަޅުކޮށް، ނަތީޖާގެ ފަރަގު އިތުރަށް ބޮޑުކުރިއެވެ. ލިޔާހްގެ އިތުރުން އަފޭންނަށް ދެން ގޯލު ޖަހައިދިނީ އީސާ އަލީމެވެ.
ރޭގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި މަގާމުތަކަށް ޓްރޮފީ ދީފައިވާ އިރު، ތަށްޓާއި ފައިސާގެ އިނާމުވެސް ޗެމްޕިއަން ޓީމަށް ވަނީ ދީފައެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ރިސްޓްރޭޓޯ ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔަކީ ލިޔާހެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް ލިޔާހެވެ. އޭނާ ވަނީ ޖުމުލަ 15 ގޯލު މުބާރާތުގައި ޖަހައިފައެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންތެރޭގައި ހިމެނިފައިވަނީ އަފޭން ޓީމުގެ މުހައްމަދު ލިޔާހްއާއި ހަސަން އިބްރާހީމްއާއި އިސްމާއީލް ފާތިހު (ތާޑޭ) އަދި ކަންމަތި ސްޕޯޓްސް ކުލަބުގެ އިސްމާއީލް އީސަ (މެސީ) އާއި އިބްރާހީމް ޝަފްރާޒް (ޝަފްލޭ)އެވެ.
މިމުބާރާތުގެ ފޯރި މިއަހަރު ގަދަވެ، ޤައުމީ ފެންވަރުގެ ކުޅުންތެރިންގެ ކުޅުން ވެސްވަނީ މެޗުތަކުން ފެނިގެން ގޮސްފައެވެ.
0%
0%
0%
0%
0%
22 ޖަނަވަރީ 2024
0
18 ޖަނަވަރީ 2024
0
18 ޖަނަވަރީ 2024
0
15 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1