ލިޔުނީ: އަނަސް ޢަލީ
18 ޖަނަވަރީ 2024
0
ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލަގެން ކުރިއަށް ގެންދާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ގޯލްޑެން ފުޓްސަލް ޗެލެންޖް 2024 ގެ ލާމު އޮތުޅު ބުރުގެ މެޗުތައް ފަށައިފިއެވެ.
ލާމު އަތޮޅު ބުރުގެ މެޗުތައް ފެށުމުގެ ގޮތުން ރޭގަ ވަނީ 2 މެޗެއް ކުޅެވިފައެވެ. ފުރަތަމަ މެޗުގައި ލ.މާވަށް އަދި ލ.ކަލައިދޫ ބައްދަލު ކޮށްފައިވާ އިރު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ލ.މާބައިދޫ އަދި ލ.ދަނބިދޫ އެވެ. މި ދެމެޗުގެ ކުޅުންވެސް ކުރިއަށް ގެންގޮސްފަިވަނީ ރެހެނދީ ފުޓްސަލް ދަނޑުގައެވެ.
މާވަށް އަދި ކަލައިދޫ ބައްދަލު ކުރި މެޗުގައި މާވަށުން ވަނީ ކަލައިދޫގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކުރި ހޯދައިފައެވެ. މާވަށު ޓީމުން ކާމިޔާބު ކުރި 3 ލަނޑުގެ ތެރެއިން 2 ލަނޑު އެ ޓީމުގެ ޖާޒީ ނަންމަރު 05، މުޙައްމަދު ޝާއިރު ކާމިޔާބު ކޮށްދީފައިވާ އިރު ބާކީ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މާވަށު ޓީމުގެ ޖާޒީ ނަންބަރު 10، އަޙްމަދު އަޒުލާން ޢަލީ އެވެ. އަދި ކަލައިދޫ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 08, އަޙްމަދު ފަރީޝް އަދި އެ ޓީމުގެ 11 ނަންމަރު ކުޅުންތެރިޔާ ކަމުގައިވާ ހަސަން މާދް އެވެ. މި މެޗުގެ މޮޅު ކުޅުންތެރި އަކަށް ހޮވިފައިވަނީ މާވަށް ޓީމަށް 2 ލަނޑު ކާމިޔާބު ކޮށްދިން މުޙައްމަދު ޝާއިރު އެވެ.
ކަލައިދޫ އަދި މާވަށް ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއާ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް، ސޯޝަލް މީޑިއާ
ދަނބިދޫ އަދި މާބައިދޫ ބައްދަލު ކުރި މެޗު 2-1ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައި ވަނީ މާބައިދޫ ޓީމެވެ. މާބައިދޫ ޓީމުގެ 2 ލަނޑުވެސް އެ ޓީމުގެ ޖާޒީ ނަންބަރު 33، ޝަހީމް އަބްދުލް ގާދިރު ކާމިޔާބު ކޮށްދީފައިވާ އިރު ދަނބިދޫ ޓީމުގެ ހަމަ އެކަނި ލަނޑު އެ ޓީމަށް ޖަހައިދީފައި ވަނީ ޖާޒީ ނަންބަރު 8، ޢަލީ އިރުފާދެވެ. މި މެޗުގެ މޮލޫ ކުޅުންތެރިއާގެ މަގާމަށް ހޮވިފައިވަނީ މާބައިދޫ ޓީމުގެ ޝަހީމް އަބްދުލް ގާދިރުއެވެ.
ދަނބިދޫ އަދި މާބައިދޫ ބައްދަލު ކުރި މެޗުގެ މޮޅު ކުލުންތެރިއާ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖު، ސޯޝަލް މީޑިއާ
މި މުބާރާތުގައި ލ.އަތޮޅު ބުރުގެ މެޗެއް ދެން ކުޅުމަށް ހަމަ ޖެހިފައިވަނީ ޖެނުއަރީ 21 ވަނަ ދުވަހުގެ ރޭ 23:00 ގައެވެ. އެ ދުވަހު ވެސް 2 މެޗު ކުޅުމަށް ތާވަލު ކުރެވިފައިވާ އިރު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ލ. ގަން އަދި ލ. މާވަށް ޓީމެވެ. އަދު ދެވަނަ މެޗުގައި ލ.ކަލައިދޫ އަދި ލ.މާބައިދޫ އެވެ.
0%
0%
0%
0%
0%
22 ޖަނަވަރީ 2024
0
18 ޖަނަވަރީ 2024
0
15 ޖަނަވަރީ 2024
0
15 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1