ލ.ގަމުން ޗެރިޓީ ޝީލްޑް އުފުލައިލަނީ. ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ލިޔުނީ: މަރިޔަމް އިބްރާހިމް
15 ޖަނަވަރީ 2024
0
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ޗެރިޓީ ޝީލްޑް މެޗް ލ.ގަމުން ކާމިޔާބުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 މުބާރާތް ފެށުމުގެ ގޮތުން ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ބިމުގައި ކުޅެފައިވާ ޗެރިޓީ މެޗް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ފަހުގެ ޗެމްޕިއަން ލ.ގަމުން ކާމިޔާބުކޮށްފައި މިވަނީ، އޭގެ ކުރީގެ ޗެމްޕިއަން ތ.ތިމަރަފުއްޓާ ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ. މިމެޗު ކާމިޔާބުކޮއްގެން އެޓީމަށް ލިބިފައިވާ 25,000ރުފިޔާ ހަދިޔާ ކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް ފަލަސްތީނުގެ ގާޒާގައި ހާލުގައިޖެހިފައިވާ ރައްޔިތުންނަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުންގެންދާ ފޯރިގަދަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި 129 ޓީމަކުން ބައިވެރިވެފައިވާއިރު ޖުމްލަ 320 މެޗް ކުޅެވިގެންދާނެއެވެ. މިމުބާރާތަކީ ފުޓްސަލް ކުޅުންތެރިންނަށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ލ.ގަމުން ހޯދާފައިވާއިރު އެ މުބާރާތުގެ ފުޓްސަލް ކިންގް ގޮތުގައި ހޮވިފައިވަނީ ލ.ގަމު ހުސައިން ޝަރީފް (އޮންލީ)އެވެ.
0%
0%
0%
0%
0%
22 ޖަނަވަރީ 2024
0
18 ޖަނަވަރީ 2024
0
18 ޖަނަވަރީ 2024
0
15 ޖަނަވަރީ 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1