ލިޔުނީ: މުޙައްމަދު މުޢީޒް
12 ޖަނަވަރީ 2024
0
އީމާންކަމުން އެއްވެސް މިންވަރެއް ޑަސްބިނަށް ނުލާށެވެ. އީމާންކަން ފުރިހަމަކުރާށެވެ.
ކުޑަކުޑަ ކަމަކުން ތިމާގެ އީމާންތެރިކަމުން ބައެއް އުނިވާން އެދޭނަންހެއްޔެވެ. ވިސްނާލާށެވެ. މުޅި އިސްލާމްދީން ބިނާވެފައިވާ އެއްކަމަކީ ސާފުތާހިރުކަމެވެ. އިސްލާމްދީނުގެ ކޮންމެ އަޅުކަމެއް ވެސް މިވަނީ ސާފުތާހިރުކަމާއި ގުޅިލާމެހިފައެވެ. ކިހާ މުހިންމުކަމަކަށް ވީމާ ތޯއެވެ. ނަމާދަށް ވިސްނާލަމާހެއްޔެވެ. ނަމާދުކުރެވެނީ ސާފުތާހިރުކަންމަތީ ހުރެގެންނެވެ. ގުރުއާނުގައި ބީހި އެ ފޮތް ކިޔެވެނީ ސާފުތާހިރުވެގެންނެވެ. ވަރަށް ތިލަކޮށް ވިސްނާލިޔަސް ފުންކޮށް ވިސްނާލިޔަސް ސާފުތާހިރުކަމުގެ މުހިންމުކަން އިންސާނީ ބުއްދިއަށް އަންނާނެއެވެ. މާތްﷲ ރުއްސުންލެއްވި މުޢާޛު ބުނު ޖަބަލު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި އަޑުފުޅު އެއްސެވީމެވެ. " مَا مِنْ مُسْلِمٍ يَبِيتُ عَلَى ذِكْرٍ طَاهِرًا فَيَتَعَارُّ مِنَ اللَّيْلِ فَيَسْأَلُ اللَّهَ خَيْرًا مِنَ الدُّنْيَا وَالآخِرَةِ إِلاَّ أَعْطَاهُ إِيَّاهُ " މުސްލިމަކު ޠާހިރު ޙާލުގައި ޒިކްރުކުރުންމަތީގައި ނިދާފައި އޮތްވައި ހޭލެވުމުން ދުނިޔޭގެ ނުވަތަ އާޚިރަތުގެ ހެޔޮ ކަމަކަށް އެދި ﷲއަށް ދެންނެވިނަމަ އެކަލާނގެ އެމީހަކަށް އެކަމެއް ދެއްވާނެތެވެ." އަދިވެސް ރަސޫލާ ﷺ ޙަދީޘްކުރަށްވާފައިވެއެވެ."اطھور-شطرالایمان" މާނައީ "ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ" ސާފުތާހިރުކަމަކީ މިހައި މުހިންމު ކަމަކަށް ވާއިރު އަޅުގަނޑުމެންނަށް އެކަމަށް އިސްކަމެއް ދެވޭ ހެއްޔެވެ. ސަމާލުކަން ދޭންޖެހޭ މިންވަރަށް ސަމާލުކަން ދެވޭ ހެއްޔެވެ.
އަޅުގަނޑުމެންގެ ރީތި ދިވެހިރާއްޖޭގެ މަގުތަކާއި ޕާކުތަކާއި އެކިއެކި އިމާރާތްތަކުގެ ކަރީގައި ކުނިއަޅާނެ ޑަސްބިންތައް ބަހައްޓާފައި ހުރެއެވެ. ނަމަވެސް އެއްބަޔަކު ޑަސްބިނަށް ކުނި އަޅާއިރު އަނެއް ބަޔަކު ހަމަ އެތާ ކައިރިޔަށް ކުނިތައް އުކާލަނީއެވެ. ގައިމު ދެލޮލަށް ފެންނާނެތާއެވެ. ކޮފީ ބޮއިފައި ތަށި އެއްލާލަނީ ކޮފީ މޭޒް ކައިރިޔަށެވެ. ފެން ބޮއިފައި ފުޅި ވައްޓައިލަނީ ފައިދަށަށެވެ. ސިނގިރޭޓް ބޮއިފައި އޭގެ ފިލްޓަރު ވެސް އެއްލައިލަނީ އެމީހަކު އެވަގުތަކު ހުރިތާކަށެވެ. މިހުންނަނީ ވަރަށް ނާތަހުޒީބު ކަންތައްތަކެވެ. ނޭނގި ނަމަވެސް މިފަދައިން ޢަމަލުކުުރުމުން ތިމާގެ އީމާންކަމުން ބައެއް ތިޔަ އެއްލައިލެވެނީ ޑަސްބިނަށެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1