ކޮލަމް ހޭލާމު: ތިޔަ ކުރެވެނީ މަޖާ ކަމެއް ނޫން، އިތުރަށް ވިސްނާލާ

Thiya kurevenee majaa kameh noon. ithurah visnaalaa !

ޝައްކެތްނެތެވެ. ދުނިޔޭގައި އުޅެންޖެހޭނީ އެއް ވައްތަރެއްގެ އެއް ގިންތިއެއްގެ، އެއް ސިފައެއްގައި ތިބެން ޖެހޭ މީހުންނެއް ނޫނެވެ. އަދި ވިސްނުމާ ހުނަރުވެރިކަން އެއް ދަރަޖައަކުން މިންކުރެވޭނެ މީހުންނެއް ވެސް ނުމެ ނޫންމެއެވެ. މިއީ ތިމާ އަމިއްލައަށް ވިސްނައިލިޔަސް އިތުރު ދިރާސާއަކާ ނުލައި ދެނެގަނެވޭނެ ހަގީގަތެކެވެ.

ދައްކަން މިއުޅޭ ވާހަކައަކީ ހަމަ ކޮންމެ މީހަކު ވެސް ވިސްނައި ފިކުރުކުރާންޖެހޭ ވާހަކައެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން އެހެން މަޚްލޫޤުންގެ މައްޗަށް މާތްކުރައްވާފައި ވަނީ ހަމައެކަނި ރިވެތި ސިފައެއް އެ އިންސާނާއަށް ދެއްވާފައެއް ނޫނެވެ. އެ ރިވެތި ސިފައާއެކު ބުއްދީގެ މަތިވެރި ނިޢުމަތް ވެސް ވަނީ އެހެނިހެން މަޚްލޫޤުންނަށްވުރެ ވަރުގަދައަށް އިންސާނުންނަށް ދެއްވާފައެވެ. ވީމާ އޭގެ ބޭނުން އެ އިންސާނުން ހެޔޮގޮތުގައި ނުކޮށްފިނަމަ އެބައިމީހުން އެ ކަމަށް ޒިންމާވާން ޖެހޭނެކަން ކަށަވަރެވެ.

ހިތާމައިގެ ކޮޅެއްނެތެވެ. މީސްމީޑިއާ ހުޅުވައިލާ ކޮންމެ ފަހަރަކުހެން ފެންނަމުން މިދަނީ ޚާއްސަ އެހީއަށް ބޭނުންވާ ނުވަތަ އަޅާލުމާއި އޯގާތެރިކަން އިތުރަށް ބޭނުންވާ ކުދިން ލައްވައި އެކި އެކި ކަންތައް ކުރުވަމުން އެކުދިންނަށް ޖޯކުޖަހަމުންދާ ތަނެވެ. އަޑާއި މަންޒަރާ ވެސް އެކުގައެވެ. މިފަދަ ވީޑިއޯތަކަށް މީހުން ކުރަމުންދާ އަދި ކޮށްފައިވާ ކޮމެންޓްތަކަށް ބަލައިލިންތޯއެވެ. %99 ޕަސެންޓް ކޮމެންޓްތައް ހުންނަނީ އެ ކުދިންނަށް މަލާމާތް ރައްދުވާ ގޮތަށެވެ. މިއީ ނުހަނު ހިތާމަހުރިކަމެކެވެ. އަދި ބޮޑު ފާފައެކެވެ. ވިސްނައިލާށެވެ. ތިބާގެ ދަރިޔެއް ތިބާގެ ބޭބެޔެއް ކޮއްކޮއެއް ނުވަތަ ތިބާގެ މަޔެއް ނުވަ ބަފަޔަކަށް އެފަދަ މަލާމާތެއް ރައްދުވާނެ ފުރުސަތެއް ލިބުމަށް ތިބާ އެދޭނަމުހެއްޔެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުން އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ. އެހެނީ އެ ފުރައްސާރަ ކުރި މީހުންނަށްވުރެ ފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުވެދާނެއެވެ. އަދި އަންހެނުންގެ އެއަބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ. އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ ފުރައްސާރަކުރެވުނު މީހާ މާ ހެޔޮކަން ބޮޑުވެދާނެތީއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ޢައިބު ނުކިޔާށެވެ. ( އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ.) އަދި އެއްބަޔަކު އަނެއް ބަޔަކަށް ނުރުހުވޭ ލަޤަބުތަކުން ނުގޮވާށެވެ. އީމާންވުމަށްފަހު، ފާޝިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި އެ ( ކަންތައްތަކުން ) ތައުބާ ނުވި މީހާ ( ދަންނާށެވެ! ) ފަހެ އެއުރެންނީ ހަމަ އަނިޔާވެރީންނެވެ." ( އަލްޙުޖުރާތު: 49:11 ) މި އާޔަތަށް އެކަނި ވިސްނައިލިޔަސް މަލާމާތާ ފުރައްސާރަ ކުރުމުގެ ނުބައިކަން އެބަ ހާމަވެއެވެ. ވީމާ ޒުވާނުން އިސްނަގައިގެން މިކަމަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރާކަށް ނުވޭތޯއެވެ. މިކަން ޙައްލުކުރުމަށް ތިޔަ ޒުވާނުން ނިސްބަތްވާ އެކިއެކި ޖަމްޢިއްޔާތަކުން އިސްނަގައިގެން ވެސް މުހިންމު ދަޢުރެއް އަދާކުރެވިދާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1