ޙަޔާތުގެ ޙަޤީޤަތް: ތަރުޖަމާއެއް އަދި އިތުރުކޮށްލުމެއް

Hayaathuge Haqeeqaiy

ދުނިޔެއަށް މަޝްހޫރު ބޮޑު މުއްސަންޖެއް އޭނާގެ މަރުބަލީގައި ލިޔުނު ކަމަށްވެއެވެ. 

1. މުޅި ދުނިޔެއިން އެންމެ އަގުބޮޑު މަރުކާގެ ކާރު އަހުރެންގެ ގަރާޖުގައި އެބަހުއްޓެވެ. އެހެނަސް މިއަދު އަހުރެންގެ ސަވާރީއަކަށްވެފައި މިވަނީ ފުރޮޅުލީ ގޮނޑިއެކެވެ.

2. މަޝްހޫރު ފަރުމާކުރުންތެރީން ތައްޔާރުކުރާ އެކި މަރުކާތަކުގެ ހެދުމާއި ފައިވާނާއި އަގުހުރި ގަހަނާތަކުން އަހުރެންގެ ގޭގައިހުރި ކަފޭރާތަައް ވަނީ ފުރިފައެވެ. އެހެނަސް މިއަދު އަހުރެންގެ ފޭރަމަކީ ހަސްފަތާލުން ދޭ އާދައިގެ ފޮތިކޮޅެކެވެ. 

3. ބޭންކުގައި އަހުރެންގެ އެތައް ބައިވަރު ފައިސާއެއް ރައްކާކުރެވިފައި އެބަހުއްޓެވެ. އެހެނަސް މިއަދު އެ ފައިސާއިން ލިބޭ ފައިދާއެއް ނެތެވެ. 

4. އަހުރެންގެ ގެޔަކީ ގަނޑުވަރެއްފަދަ ގެއެއް ނަމަވެސް އަހަރެން އޮންނާން މިޖެހެނީ ހަސްފަތާލެއްގެ އެނދުގައެވެ. 

5. ފަސްތަރީގެ ހޮޓާތަކުގައި އުޅެވޭހައި މުއްސަނދިކަން އަހުރެންނަށް ލިބިފައިވެއެވެ. އެހެނަސް މިއަދު އަހުރެން ވަގުތު ހޭދަކުރަމުން މިދަނީ ހޮސްޕިޓަލުގެ އެއް ލެބޯޓަރީން އަނެއް ލެބޯޓަރީއަށް ގޮސް އައިސްވުމުގައެވެ.

6. އަހުރެންގެ ސޮއި (އޮޓޯގްރާފް) އެތައް ބަޔަކަށް ދިނީމެވެ. އެހެނަސް މިއަދު ސޮއި ކުރާން މިޖެހެނީ އަހުރެންގެ ފަރުވާއާ ގުޅޭ ލިޔުންތަކުގައެވެ.

7. އަހުރެންގެ ބޮލުގެ އިސްތަށިގަނޑު ޒީނަތްތެރިކުރުމުގެ ގޮތުން ހަތް ވައްތަރުގެ ގަހަނާ އަޅަމެވެ. އެހެނަސް މިއަދު އަހުރެންގެ ބޮލުގައި އެންމެ އިސްތަށްޓެއްވެސް ނެތެވެ. 

8. އަމިއްލަ މަތިންދާބޯޓުގައި އަހަރެން ބޭނުންތާކަށް ބޭނުންއިރަކު އުދުހުނީމެވެ. އެހެނަސް މިއަދު ހަސްފަތާލުގެ ފެންޑާއާ ހަމައަށް ދެވެނީވެސް އަހުރެންގެ ދެފަރާތުގައި ދެމީހުން ތިބެގެން އަތުލަފިކޮށްދީގެން ގެންގޮސްދިނިއްޔާއެވެ.   

9. އަހުރެން ކާހިތްވާހައި ކާނާއެއް އަހުރެންނަށް ލިބޭން އޮތަސް، މިއަދު އަހުރެންގެ ކޮއްތަކީ ދުވާލަކު ދެގުޅަ ބޭހާއި ރޭގަނޑު ދިރުވާލަންޖެހޭ ދެތިން ތިކި ލޮނެވެ.

އަހުރެންގެ ގަނޑުވަރެއްފަދަ ގެޔާއި، އަގުބޮޑު ކާރާއި، އަމިއްލަަ މަތިންދާ ބޯޓާއި، އަގުހުރި ގަހަނާއާއި، އަގުބޮޑު ފަރުނީޗަރުތަކާއި، އެކައުންޓުގައި ހުރި ގިނަގުނަ ފައިސާއާއި، އަހުރެންނަށް ލިބުނު މިނެއް ނެތް މަޝްހޫރުކަމާއި، ޖާހާއި ތަނަވަސްކަން ފަދަ އެއްކަމަކުންވެސް މިއަދު އަހުރެންނަކަށް ފައިދާއެއް ނުކުރެއެވެ. މިއިން އެއްކަމަކުންވެސް އަހުރެންގެ ކެކުޅުންތަކަށް ލުއިކަމެއް ދޭކަމަކަށް ނުވެއެވެ. 

މިއަދު ޤަބޫލުކުރެވެނީ ޙަޤީޤީ ދިރިއުޅުމަކީ އެހެންމީހުންނަށް އުފާވެރިކަން ގެނެސްދިނުންކަމެވެ. މަރު ނޫނީ ޙަޔާތުގައި ބަދަލުވުމެއްނެތް ޙަޤީޤަތެއް ނެތްކަމެވެ. ޙަޔާތަކީ ކުރުއެއްޗެއް ކަމެވެ. 

******

މިލިޔުމުން އެނގެނީ ކޮންކަމެއް ހެއްޔެވެ؟ އަހުރެމެން އެކަންތައްތައް ޙާޞިލްނުވެގެން މަރުދަންޖެހޭ ކަންކަމަކީ މަރު އައިސް ބައްދަލުކުރުމުން ދޫކޮށްފާ ދާންޖެހޭ ކަންކަންކަމެވެ. ބުއްދިވެރިޔަކީ ތިމާގެ ޞިއްޙަތަށް ރައްކާތެރިވުމާއެކު އަނެއް ދުނިޔޭގެ ކޮއްތު ކަމުގައި ތަޤުވާ ހަދައިފި މީހެއްކަމެވެ. އެހެންކަމުން އަޅުގަނޑުމެންނީ ސިއްހަތަށް ސަމާލުވެ، ރިވެތި އަޚުލާޤުން ޖަރީވެ، އެހެން މީހުންނަށް ރަނގަޅު ގޮތްވުމަށް އެދި، އެގޮތަށް މަސައްކަތްކުރާ ތަޤުވާވެރި ބަޔަކަށް ވަމާތޯއެވެ.  

 

ފޮޓޯ: އައި ސްޓޮކް.ކޮމް

(މިލިޔުން އަޅުގަނޑު ތަޚުސީސްކުރާހުށީ މިފަދަ އަގުހުރި ލިޔުއްވުންތައް ދިވެހިބަހުން ލިޔުއްވުމުގައި އެފަދަ ދެވަނައެއް ނުވާ ޑރ. ޢަބުދުލްޣަފޫރު ޢަބުދުއްރަޙީމަށެވެ. އެމަނިކުފާނުގެ ޚިދުމަތްތެރި ގަލަންކޮޅަށް އަރުވާ ޝުކުރުގެ ގުލްދަސްތާއެއްގެ ގޮތުގައެވެ. Abdul Ghafoor Abdul Raheem )

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1