ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހިތަދޫން ބައިވެރިވަނީ ބީޖީއެސްސީ

Golden Futsel Challenge gai L.Hithadhoo in Baiverivanee BGSC

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހިތަދޫން ބައިވެރިވާ ބީޖީއެސްސީ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހިތަދޫން ޓީމެއް ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ. ހިތަދޫން މިމުބާރާތުގައި ބައިވެރިވަނީ އެރަށުގެ ކުޅިވަރު ކުލަބެއް ކަމުގައިވާ ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބް - ބީޖީއެސްސީގެ ޓީމެކެވެ.

ބީޖީއެސްސީއަކީ ހިތަދޫގެ ކުޅިވަރުގެ ދަނޑުގައި ވަރަށް ފާހަގަކޮށްލެވޭ ކުލަބެކެވެ. ދާދި ފަހުން ނިމުނު، ހިތަދޫ ކައުންސިލުގެ 2 ވަނަ ވޮލީބޯޅަ މުބާރާތް ހިންގީވެސް ބީޖީއެސްސީ އިންނެވެ. 

ރާއްޖޭގެ ރަށްތަކަށާއި ސިޓީތަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއް ޓީމު ބައިވެރި ކުރެވޭގޮތަށް އޮންނަ ގޯލްޑަން ފުޓްސަލް މުބާރާތުގައި އަތޮޅު ބުރާއި، ޒޯން ބުރުގެ އިތުރުން ނޮކްއައުޓް ބުރެއް ހިމެނޭނެއެވެ. އަތޮޅު ބުރަށް ފަހު ޒޯން ބުރަށް ޓީމުތައް ކޮލިފައިވާއިރު، ނޮކްއައުޓް ބުރުން ޖާގަ ލިބިގެންދާނީ ކަނޑައެޅިފައިވާ 8 ޒޯނުގެ ޗެމްޕިއަނުންނަށާއި ރަނަރަޕް ޓީމުތަކަށެވެ. 

މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހަތް މުބާރާތެއް ބާއްވާފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ހައްދުންމަތީ ގަމެވެ. 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1