ލާމަސީލު ލާމު ސުކޫލްތަކުގެ ފުޓްބޯޅަ މުބާރާތް މިއަދު ފަށަނީ: ފުރަތަމަ ދުވަހު ފޯރިގަދަ މެޗްތަކެއް

School thakuge Futboalha mubaaraaiy miadhu fashanee: Furathama Dhuvahu foarigadha match thakeh

ލާމަސީލު ލާމު އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތް މިއަދު ފެށޭނެއެވެ. މިއީ ލ.އަތޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހައްދުންމަތީ ކައުންސިލުން އިންތިޒާމުކުރާ މިފަދަ 34 ވަނަ މުބާރާތެވެ. މިމުބާރާތުގައި ހައްދުންމަތީގެ 9 ސްކޫލަކުން ބައިވެރިވެފައިވެއެވެ. 

މުބާރާތް ހުޅުުވޭ މެޗްގައި މިއަދު ހަވީރު 4:15 ގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ލާމު އަތޮޅު މަދަރުސާގެ ޓީމާއި ފުރަތަމަ މުބާރާތުގެ ރަނަރަޕު  ޙަމަދު ސްކޫލްގެ ޓީމެވެ. ދެޓީީމުންވެސް ވަނީ ދުރާލާ މުބާރާތަށް ތައްޔާރުވެފައެވެ.

 

ލާމަސީލު ލާމު އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތް 2022 ގެ ތެރެއިން

ގަމު ޒޯން ސްޓޭޑިއަމްގައި ކުޅޭ މިމުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްތައްވެސް ވަރަށް ފޯރިގަދަ ވާނެކަމަށް ބެލެވެއެވެ. އެއީ މިރޭ 8 ޖަހާއިރު މާވަށު ސްކޫލާއި މާމެންދޫ ސްކޫލް ބައްދަލުކުރާ މެޗާއި މިރޭ 9:30ގައި ލ.އަތޮޅު ތަޢުލީމީ މަރުކަޒާއި ދަނބިދޫ ސްކޫލް ބައްދަލުކުރާ މެޗެވެ. 

ލ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން 2015 ވަނަ އަހަރުގައި ބާއްވަން ފެށި މި މިމުބާރާތް 2016 ގައި  ބޭއްވުމަށްފަހު މެދުކެނޑިފައި އޮއްވާ އަލުން ފެށީ މިދިޔަ އަހަރުގައެވެ. ލާމަސީލު ލާމު އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގެ ނަމުގައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1