ތުނޑީ ފުޓްސަލް ޗެލެންޖުގެ ޗެންޕިއަންކަން ސްޕާކް ޕްލަގް ހޯދައިފި

Thundi Futsel Challenge ge Champion Team: Spark Plug

ތުނޑީ ފުޓްސަލް ޗެލެންޖުގެ ޗެންޕިއަންކަން ސްޕާކް ޕްލަގް ހޯދައިފި

ތުނޑީ ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗްގައި 3-1 އިން ފޮއެމަތި ސްޕޯޓްސް ކްލަބު ބަލިކޮށް ސްޕާކް ޕްލަގް ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ ތުނޑީ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގައި ދެޓީމުންވެސް ވާދަވެރި ރީތި ކުޅުމެއް ކުޅުނެވެ. ސްޕާކްޕްލަގަކީ ގަމު ތުނޑީ އަވަށަށް ނިސްބަތްވާ ޒުވާނުންގެ ޓީމެކެވެ. ފޮއެމަތި ސްޕޯޓްސް ކްލަބަކީ ގަމު މަތިމަރަދޫ އަވަށަށް ނިސްބަތްވާ ޒުވާނުންގެ ޓީމެކެވެ. 

 މެޗް ނިމުމުން މުބާރާތުގެ ނަތީޖާ އިއުލާންކުރުން އޮތެވެ. ޗެމްޕިއަން ޓީމަށް ތަށްޓާއި ޢިނާމުތައް ޙަވާލުކޮށްދެއްވީ ޤައުމީ އަންހެން ފުޓްބޯޅަޓީމުގެ ކުރީގެ ވައިސްކެޕްޓަން އަދި މިހާރު އެމް.އެން.ޑީ.އެފް އަންހެން ފުޓްސަލް ޓީމުގެ ކެޕްޓަން އައިމިނަތު ޒާހިޔާއެވެ. ޒާހިޔާއަކީ ތުނޑިއަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިޔެކެވެ. ރަނަރަޕް ޓީމަށް ތަށްޓާއި ޢިނާމުތައް ޙަވާލުކޮށްދެއްވީ ތުނޑީ ފުޓްބޯޅަ ޓީމުގައި ކުރީގައި ވަރަށް ފާހަގަކޮށްލެވޭ ކުޅުންތެރިޔެއް ކަމަަށްވާ އަޙުމަދު އާޔާޒެވެ.

 

ރަނަރަޕް ޓީމް: ފޮއެމަތި ސްޕޯރޓްސް ކްލަބަށް ތަށްޓާއި ޢިނާމުތައް ޙަވާލުކޮށްދެއްވަނީ. ފޮޓޯ:ތުނޑިފުޓްސަލްޗެލެންޖް/އެފް.ބީޕޭޖް

މުބާރާތުގެ ވަނަތަކަށް ބަލައިލާއިރު، މުބާރާތުގެ ރަނަރަޕް ޓީމަކަށް ފޮއެމަތި ސްޕޯޓްސް ކްލަބް ހޮވިފައިވާއިރު ފެއަރޕްލޭ ޓީމަކަށް ހޮވުނީ ހިތަދޫގެ ޖީޖީއެސްސީ އެވެ.  މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފޮއެމަތި ސްޕޯޓްސް ކްލަބްގެ ކޯޗް މުޙައްމަދު ޠާރިޤެވެ.

 

މުބާރާތުގެ "ފުޓްސަލް ރަސްގެފާނު" ސްޕާކްޕްލަގްގެ ޙުސައިން ނާޝިދަށް ޢިނާމު ދެއްވަނީ 

މިމުބާރާތުގެ "ފުޓްސަލްރަސްގެފާނު" ނުވަތަ ކިންގ އޮފް ދަ ޓޯނަމެންޓަކަށް ހޮވުނީ ސްޕާކްޕްލަގްގެ ޖޯޒީނަންބަރު 2 ޙުސައިން ނާޝިދެވެ. އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވުނީ ބެސްޓްގެ ޖޯޒީ ނަންބަރު 7 އަޙުމަދު ޙަލީމެވެ.  އޭނާ ވަނީ 9 ގޯލް ޖަހާފައެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެލް.ވައި.އެމްގެ ޖޯޒީ ނަންބަރު 6 މުޙައްމަދު ބިލާލެވެ. ފޮއެމަތިގެ ގޯލް ބެލެއްހެއްޓި ކުޅަދާނަ ގޯލްކީޕަރު މުޙައްމަދު ރަޝީދު (ޖޯޒީނަންބަރު 25) އަކީ މިމުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރެވެ.

 

މިމުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވިފައިވަނީ ޙުސައިން ނާޝިދު (ސްޕާކްޕްލަގް) ، މުޙައްމަދު އަކުމަލް (ސްޕާކްޕްލަގް) ، މުޙައްމަދު ރަޒާން (ފޮއެމަތި)، ޙަސަން ޒައިދު (ފޮއެމަތި)  އަދި އަޙުމަދު ޞަބާޙް (ޖީޖީއެސްސީ) އެވެ.

 

މިމުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވުނު ކުޅުންތެރިންގެ ތެރެއިން ނިންމުމުގެ ރަސްމިއްޔާތަށް ޙާޟިރުވީ ކުޅުންތެރިންނާއެކު ޝަރަފުވެރިމެހްމާން

މިމުބާރާތަކީ ހައްދުންމަތީގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމުގެ މަގުޞަދުގައި ލ.ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ މުބާރާތެކެވެ.

(މިޚަބަރުގައިވާ ފޮޓޯތަކަކީ ތުނޑިފުޓްސަލްޗެލެންޖް/އެފް.ބީޕޭޖުން ނަގާފައިވާ ފޮޓޯއެވެ)

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1