އަސްލު މައްސަލަ:
ލިޔުނީ: ޢާއިޝަތު ނަޞީރާ
4 ޑިސެންބަރު 2023
0
ޒަމާނުއްސުރެ އަޅުގަނޑުމެންނަކީ ބިނާކުރުވަނިވި، ފާޑުކިޔުމަށް ލޯބިކުރާ، އެކަން ކުރާކަމަށް ވަކާލާތު ކުރާ މީހުންނެވެ. ނަމަވެސް މިއަދު އެވާހަކަ ޤަބޫލުކުރެވޭތޯއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢު މިއޮތީ ޒާތީ ހަސަދައިން ފޯވެފައެވެ. ކުށެއް ކިޔުނަސް ބުނެނުދީ ހަޖޫޖަހާ މީހުން އިންތިޙާއެވެ. ވިސްނާލަބަލާށެވެ. ކުށްކުރެވޭނީވެސް އިންސާނުންނަށެވެ. ކުށް ކިޔޭނީވެސް އިންސާނުންނަށެވެ. އަޅުގަނޑުމެން އެކަކު އަނެކަކުވާންވީ ބުނެދޭ މީހުންނަށެވެ.
ބުނެދެމެވެ. ކުދިން ޕޯޑިއަމް ކައިރިއަށް އަރުވަން އަޅުގަނޑުމެން އުޅޭ ޙާލު ވިސްނާލަބަލާށެވެ. އެކުދިން އެހިސާބަށް ދިޔުމުން ބަހެއް ނުބުނެވުނަސް، އެކަން ކުރީތީ ހިތްވަރު ދެއްކީތީ އަޅުގަނޑުމެން ހާދަ އުފަލެއްވެއެވެ. މިއީ އަޅުގަނޑުމެންގެ ދަރިންނަށް އަޅުގަނޑުމެން ބުނެދޭ ވާާހަކަތަކެވެ. ނަމަވެސް އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަގޮތް ދެކިބަލާށެވެ.
އިއްޔެ އެންމެ ބާރަށް އިވުނު އަޑަކީ ވަޒީރަކަށް އިނގެރޭސި ބަސް ނޭގި ދެއްކިވާހަކަތަކެއްގެ އަޑެވެ. އެހިނދު އަޅުގަނޑުގެ ހިތުގާ ޖެހީ ޤައުމީ ވިންދެވެ. އަޅުގަނޑު ހިތަށް އެރިއެވެ. ދިވެއްސަކަށް އިނގެރޭސި ބަސް ނޭނގުން އެއީ މައްސަލައެއްނޫނެވެ. ނޫނަސް އިނގެރޭސިން ތަޤުރީރެއް ކުރަން ނޭނގުމަކީ އެމީހަކީ އިނގެރޭސި ނޭނގޭ މީހެއްކަން ކަނޑައެޅޭނޭ އުޞޫލެއްވެސް ނޫނެވެ.
ބުނެދެމެވެ. އަޅުގަނޑުމެން އެންމެންނަކީ ދިވެހިންނެވެ. މަންމަގެ ބަނޑުގައި ގަރުބަގަތީސްސުރެ ދިވެހިބަސް އެނގޭ މީހުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. އޭރުވެސް މިހާރުވެސް ދިވެހިބަހުން ވާހަކަދައްކައި އުޅުނު، އުޅޭ މީހުންނެވެ. އެހެންކަަމުން، އަޅުގަނޑުމެންގެ ތެރޭން އެންމެންވާންވާނީ މޮޅެތި ވާހަކަ ދެއްކުންތެރިންނަށެވެ. ޕޯޑިއަމްތަކުގައި ކުށަކާނުލާ ވާހަކަ ދައްކާލެވޭ ބަޔަކަށެވެ. އެހެނަސް އެކަން އެގޮތަށް ހިނގައިތޯއެވެ؟ ނަފްޞާ ސުވާާލުކޮށްލަބަލާށެވެ. އެއަށްފަހު އަނެކާއަށް އިނގިލި ދިއްކުރާާށެވެ. ދެރައީ މިއަދު މިޤައުމުގެ އިޖުތިމާޢީ ފޭރާން ވީދި ހަފުސްވެފައިވާކަމެވެ. މިއީ ޤައުމާމެދު ހިތުގާާ ވިންދުޖަހާ ކޮންމެ ހިތެއް ކަރުނަ އަޅައި ރޯނެކަންކަމެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1