އެލްބަޓް އައިންސްޓައިން - 1879-1955
26 ނޮވެންބަރު 2023
0
"އުނގެނި، ތައުލީމެއް ލިބިގަތުމަކީ ހަމައެކަނި ކަލޭގެ ވާޖިބެއް ކަމުގައި ނުދެކޭށެވެ. ނަމަވެސް، އެއީ، އެ ފުރުސަތު ލިބިފައި ނުވާ މީހުން، އެކަމަށް ދަހިވެތިވެ، އެކަމަށް އަބަދުވެސް އެދި އެދި ތިބޭ، އަދި، ހުރިހާ ކަސްތަޅުތަކުން ކަލޭ މިނިވަންކޮށްދިނުމުގެ ނަލަ ރީތި ހިތްގައިމުކަމާއި، ކަލޭގެ ޒިހުނުގެ، ވިސްނުމުގެ، ބާރާއި، އަދި، ފަހުން، އެ މީހުންގެ ތެރޭގައި ކަލޭ ހިމެނޭ ކަލޭގެ ޖަމާއަތުގެ ލާބައަށްޓަކައި މަސައްކަތް ކުރުމާއި، މިކަންކަން ދެނެގަތުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި ދެކޭށެވެ!"
މި އިބާރާތްކޮޅު، އިތުރަށް ސާފުވެ ދިޔުމަށްޓަކައި، ކުރު ޖުމްލަތަކަށް ބަދަލުކޮށްލައި އަލުން އިބާރަތް ކޮށްލަމާ ހެއްޔެވެ؟
އައިންސްޓައިންގެ ނަޒަރުގައި، އުނގެނި، ތައުމީމެއް ހޯދަން އުޅުމަކީ ހަމައެކަނި ވާޖިބެއް ކަމުގައި ދެކިގެން ނުވާނެއެވެ. އެއީ ހަމައެކަނި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ދެކިގެން ނުވާނެއެވެ. މީގެ އިތުރުން، އަބަދުވެސް، އުނގެނި ތައުލީމެއް ހޯދަން، އުޅުމަކީ ތިމާ މިނިވަންކޮށްދިނުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެ ފުރުސަތު ލިބުމުން މަހުރޫމު ވެފައިވާ އެންމެން ވެސް، ދަހިވެތިކަމާ އެކު، އެ ފުރުސަތު އެ މީހުންނަށް ލިބުމަށް އެދިއެދި ތިބޭ ފުރުސަތެކެވެ. އުނގެނި ތައުލީމެއް ލިބި މިނިވަން ވަނީ ކިހިނެއް ހެއްޔެވެ؟ ތިމާގެ ސިކުނޑީގެ ވިސްނުމުގެ ބާރު ތިމާއަށް އެނގުމުންނެވެ. ތިމާގެ އަމިއްލަ، ސިކުނޑިގައި ތިމާ މިނިވަންކޮށްދޭ ބާރެއް އޮތް ކަން އެނގުމަކީ، ޝައްކެއްނެތް ގޮތުގައި، އެކަމުގައި ނަލަ ރީތިކަމެއް އެކުލެވިގެންވާ ވަރަށް ވެސް ހިތްގައިމު ކަމެވެ. ދެން، މިކަން އެނގުމުން، ކިޔަވައި، އުނގެނުމުގެ މަސައްކަތް ކުރުމަށް ހިއްވަރުދޭނޭ ދެ ކަމެއް އޮވެއެވެ. އެއް ކަމަކީ ކިޔެވައި އުނގެނި، ކަންކަން އެނގުމުން ތިމާއަށް ލިބޭ އުފަލެވެ. އަނެއްކަމަކި، ކިޔަވައިގެން، ފަހުން، އެމީހުންގެ ތެރޭގައި މަސަައްކަތް ކުރަން އޮތް، ތިމާގެ އަމިއްލަ ޖަމާއަތަށް ފައިދާކޮށް ދިނުމުގެ އެދުމެވެ.
ކިޔަވައި، އުނގެނި، ކަންކަން ދެނެގަތުމަށް، މިއަދު އެންމެނަށް ލިބިފައިވާ ފުރުސަތު، މީގެ ކުރިން ދުވަހަކު ވެސް ލިބިފައި ނެތޭ ބުނެވިދާނެއެވެ. އެ މީހަކު ބޭނުން ކަމަކާ ބެހޭ ގޮތުން، ފިލާވަޅުތަކާއި ފޮތްތައް، ކިޔޭ ގޮތަށާއި އަދި އަޑުއެހޭ ގޮތަށް ތައްޔާރުކޮށް، އެއެއްޗެހި ހިލާ ލިބޭ ގޮތަށް މިއަދު ހަމަޖެހިފައި އެބަ އޮތެވެ. ވަރަށް ގިނަ ފޮތްގޮތީ އެ ފޮތްތައް އޮންލައިންކޮށް ހިލޭ ލިބެން ހުންނަ ފޮތްތަކެވެ. ނޫނީ ކުޑަ އަގަކަށް ޑައުންލޯޑުކޮށް ކިޔެން ހުންނަ ފޮތްތަކެވެ. ނޫނީ ގަނެގެން އެ ފޮތްތަކުގެ ކަރުދާހުގެ ކޮޕީތައް ލިބެން ހުރެއެވެ. މީގެ އިތުރުން، ބައެއް ފޮތްތަކާއި ފިލާވަޅުތަކާއި އަދި މުހާޟަރާތުތައް ވެސް ހިލޭ، ޔޫޓިބު މެދުވެރިކޮށް ލިބެން ހުރެއެވެ. އެހެންވީމާ، ކިޔަވަން ބޭނުން މީހަކަށް އަދު އެ ފުރުސަތު އެބައޮތެވެ. ބޭނުމީ ގަދަ އަޒުމަކާއި، ހިއްވަރާއި ކެރުމެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1