26 ނޮވެންބަރު 2023
0
އަބޫ މިސްކް ކާފޫރު އަލްއިޚްޝީދީ އަކީ މީލާދީ ސަނަތުން ދިހަ ވަނަ ގަރުނުގައި މިސުރާއި، ދިމިޝްގު ވެސް ހިމެނޭ ގޮތަށް، ޝާމް ކަރައިގެ ދެކުނު ސަރަހައްދުގެ ވެރިކަން ކުރެއްވި ވެރިއެކެވެ.
އޭނަ މިސުރަށް ގެނެވުނީ އަޅެއްގެ ގޮތުގައެވެ. އިތިއޯޕިޔާއިން ނޫނީ ސޫދާނުން ނޫނީ ނޫބިޔާ (ދެކުނު ސޫދާނު) އިންނެވެ. ބޮޑަށް ލަފާ ކުރެވެނީ އޭނަގެ އަސްލު ރަށަކީ ނޫބިޔާ ކަމެވެ.
ބުނެވޭ ގޮތުގައި އޭނައަކީ އޭނަގެ ހަމުގެ ކަޅުކަން ގަދަ، އަދި ސިފަ ހުތުރު ވެސް އަޅެކެވެ. ނަމަވެސް، އޭނަ ގަތް އޭނަގެ ސާހިބާ ފާހަގަ ކުރި ގޮތުގައި ވަރަށް ވިސްނުން ތޫނު މީހެކެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން، އޭނައާ ބެހޭ ގޮތުން ކިޔޭ ވާހަކައެއް އޮވެއެވެ. އެދުވަސްވަރުގެ މިސުރުގެ އަޅުންގެ ބާޒާރަށް އޭނަ ވިއްކާލަން ގެނެވިފައި ހުރިއިރު، އެ ބާޒާރުގައި ހަމަ ވިއްކާލަން ހުރި އެހެން އަޅަކާ ދެމެދު ދެކެވުނު ވާހަކަކޮޅެކެވެ.
ކާފޫރު ގާތު މިބުނާ އަޅު އެއްސެވެ؟ "ކާފޫރެވެ! އަހަރެންގެ ހުރިހާ ވެސް އެދުމަކީ ރަނގަޅު ބަދިގެއެއްގައި މަސައްކަތް ކުރުވާނޭ މީހަކު އަހަރެންގެ ސާހިބަކަށް ވުމެވެ. އޭރުން، އަހަރެން ބޭނުން މީރު އެއްޗެއް އަހަންނަށް ކެވޭނެ ނޫން ހެއްޔެވެ؟ ކާފޫރެވެ! ކަލޭގެ އެދުމަކީ، ބޭނުންވާ ކަމަކީ އަޅެ ކޮބައި ހެއްޔެވެ؟"
ދެން، ކާފޫރު ބުންޏެވެ. "އަހަރެންގެ އެދުމަކީ މި ގައުމުގެ ވެރިކަން ކުރުމެވެ!"
އެ ވަގުތު މިވާހަކަ އަޑުއެހި މީހަކު ހުރި ނަމަ، ކާފޫރަށް މަލާމާތްކުރީހެވެ. މިނިވަން ކަމެއް ވެސް ލިބިފައި ނެތް އަޅަކަށް ގައުމެއްގެ ވެރިއަކަށް ވެވިދާނެހޭ ކިޔާފައެވެ! ނަމަވެސް، ކާފޫރު ބޭނުންވާ ކަމުގެ ވާހަކަ ބުނެ އެކަމަށް އޭނަ މަސައްކަތްކުރިއެވެ.
އާދެ، އޭނަ ގަތް އޭނަގެ ސާހިބާ އަދި މުހައްމަދު ބިން ތުޚްޖުއަށް ކާފޫރަކީ ވިސްނުންތޫނު، ހިއްވަރު ގަދަ މީހެއްކަން ފާހަގަކުރައްވައި، އަސްކަރީ ތަމްރީނުތައްދެއްވައި، އަސްކަރުގެ އިސް މީހަކަށް ކާފޫރު ހެއްދެވިއެވެ. މުހައްމަދު ބިން ތުޚްޖުއަކީ އައްބާސީ ދައުލަތުގެ ފަރާތުން މިސުރުގެ ގަވަރުނަކަށް ހުންނެވި ބޭކަލެކެވެ. އަދި ފަހުން، މިސުރުގެ ވެރިއަކަށް ވެސް އޭނަވެވަޑައިގަތެވެ. ކޮންމެއަކަސް، މުހައްމަދު ބިން ތުޚްޖު އަވަހާރަވުމުން، ކާފޫރުގެ އަތް މައްޗަށް މިސުރުގެ ވެރިކަން އައިސް، މީލާދީ ސަނަތުން 968 ގައި ކާފޫރު ނިޔާވުމަށް ދާންދެން، މިސުރުގެ ވެރިކަން އޭނަ ކުރެއްވިއެވެ.
މިވާހަކަކޮޅުން ދެކަމެއް ފާހަގަކޮށްލަން ބޭނުމެވެ. ފުރަތަމަކަމަކީ އެ ދުވަސްވަރުގެ އިސްލާމީ ދުނިޔޭގައި، މީހާގެ އަސްލު ކޮންމެ ސިފައެއްގައި އޮތަސް އެމީހަކު މަސައްކަތްކޮށްފި ނަމަ، އިޖުތިމާއީ ހަރުފަތްތަކުގެ ހަރުތަކަުން މައްޗަށް އަރައި ކުރިއަށް ދެވޭ ކަމެވެ.
ދެވަނަ ކަމަކީ މީހާގެ އަސްލު ކޮންމެ ސިފައެއްގައި އޮތަސް، އޭނަގެ ތުމޫހާތު، (އެމްބިޝަން)، މުސްތަގުބަލުގައި އޭނަގެ ނަފްސު އޭނަ ދެކެން ބޭނުންވާ ގޮތް، މަތިވެރިވެ، ވަރުގަދަ އަޒުމަކާއިގެން، އެ ދިމާއަށް ދަތުރުކުރަން ފެށައި، އެކަމުގައި ހުއްޓާ ނުލައި މަސައްކަތް ކޮށްފި ނަމަ، އެކަން ހާސިލުވެދާ ކަމެވެ. ކާފޫރާއި އަޅުންގެ ބާޒާރުން ބައްދަލުވި އަނެއް އަޅު ފަދައިން، ހަޔާތުގައި ތިމާގެ އަމާޒަކީ ތިމާގެ ބަނޑަށް ޚިދުމަތް ކުރުން ނޫންކަން ކަނޑައަޅައި އެއަށް ވުރެ މަތިވެރި މަގުސަދެއް ހާސިލުކުރން މަސައްކަތް ކުރަން ޖެހުމުގެ މުހިއްމު ކަމެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1