ކޮލަމް -"ހޭލާމު": ވިސްނާލަމާ

Column: Visnaalamaa

ކޮލަމް "ހޭލާމު"

އިންސާނާއަކީ އެކަކު އަނެކަކާ މުޚާޠަބުކުރަން ކޮންމެހެން މަޖުބޫރު ބައެކެވެ. އެކަކު އަނެކަކާ މުޚާޠަބު ކޮށްގެން މެނުވީ އަޅުގަނޑުމެންނަށް ދިރިއުޅެން ނުހަނު އުނދަގޫވާނެއެވެ. އެއީ އިންސާނާގެ ބޭނުންތައް ފުއްދުމަށެވެ. އިންސާނާގެ ޖަޒުބާތުތަކާއި ޝުޢޫރުތައް ހާމަކުރުމަށެވެ. އެހެނަސް އެކަން ކުރަން ޖެހެނީ ވަކި އުސޫލުތަކަކާއި އެކުގައެވެ. ތިބާގެ އަޚްލާޤު މިންކުރުމަށް އެހެން މީހުން ބަލާނެ އެއްކަމަކީ، ތިބާގެ ބަސްމަގެވެ. ތިބާގެ ބަސްމަގު ރަނގަޅުވެއްޖެ ނަމަ ތިބާއަށް އޮތީ ދެދުނިޔޭގެ ބާއްޖަވެރިކަމެވެ. އަބަދުވެސް ވިސްނާށެވެ. ތިބާގެ އަނގައިން ބޭރުވާ ކޮންމެ ބަހެއް، ކޮންމެ ލަފުޒަކީވެސް ސުވަރުގެ ނުވަތަ ނަރަކަޔާ ތިބާ ގާތްކުރާނެ ލަފުޒެކެވެ. ތިބާއަށް އަބަދުވެސް ބުނެވޭނީ ސުވަރުގޭގެ ބަހެކެވެ. ނުވަތަ ނަރަކައިގެ ބަހެކެވެ. އެ ދެތަނުގެ ދެމެދަށް ފެތޭ ބަހެއް ނުހުންނާނެއެވެ. މިސާލަކަށް ބަލާލަމާހެއްޔެވެ. މީހަކާ ބޭއަދަބީ ގޮތަކަށް މުޚާޠަބުކުރީއެވެ. އެކަމުގެ ސަބަބުން ތިބާ ފާފަވެރިވާނެއެވެ. މީހަކާ ރިވެތި ބަހުން މުޚާޠަބުކުރީއެވެ. އެކަމުގެ ސަބަބުން ތިބާއަށް ސަވާބުލިބެއެވެ.

އަދުގެ މުޖުތަމަޢުގައި ކަން ހިނގަމުންދާ ގޮތަށް ވިސްނާލާމާހެއްޔެވެ. ސައިހޮޓަލަކަށް ދަރިފުޅު ގޮވައިގެން ވަދެވޭކަށް ނެތެވެ. ކުޅިވަރު ކުޅޭ މައިދާނަކަށް ޢާއިލާ މީހަކާ އެއްކޮށް ދެވޭކަށް ނެތެވެ. ނުވިތާކަށް އަތިރިމަތީގައި ހުންނަ ހޮޅުއަށްޓަކަށް ރައްޓެއްސަކާއެކު ފިނިކޮށްލަން ވެސް ދެވޭކަށް ނެތެވެ. އިވޭ އަޑުތަކުންނެވެ. ދައްކާވާހަކަތަކުންނެވެ. އެކަކު އަނެކަކާ މުޚާޠަބުކުރާ ގޮތުންނެވެ. އަލިފުން ފެށޭ ޅަވިޔަނިން ނިންމާ ލަފުޒުން ނޫނީ ތާއިންފެށި ޅަވިޔަނިން ނިންމާ ލަފުޒަކުންނޫނީ އަނެކާއަށް މުޚާޠަބުކުރެވޭ އަޑު ނުއިވެނީއެވެ. މިއީ ހަމަ އާންމުކޮށް ހޮޓާތަކާއި ކުޅިވަރު މައިދާންތަކުން އިވޭ ލަފުޒުތަކެވެ. އަދި މާހުތުރު އެހެން ލަފުޒުތައްވެސް އެބަ ބޭނުންކުރެއެވެ. ތިމާ ބަޑުއަޅައިވިހެއި މައިމީހާއަށް ނިސްބަތްކޮށް އެ ގޮވާލާ ބަނދިވަރަކީ ޙަޤީޤަތުގައި އެކިޔެނީ ކީކޭކަން ހިތަށް ވަޒަން ކޮށްލެވޭނަމަ ސަލާމަތް ބުއްދިއެއްހުރި ހަމަ އެކަކުވެސް ބޭނުންކުރާނެ ލަފުޒުތަކެއް ނޫންކަން ކަށަވަރެވެ. ޖަހާ ބޯޅަ ގޯލަށް އަމާޒުނުވިޔަސް އިވެނީ އެލަފުޒެވެ. ކުރަން އުޅޭ ކަމެއް ނުކުރެވުނަސް ދުލުކުރީގައި އޮންނަ އެލަފުޒެވެ. ޒުވާނުންނޭވެ! މިއީ ފުންކޮށް ވިސްނާލަންޖެހޭ މައްސަލައެކެވެ.  ﷲ މާތްކުރައްވާފައިވާ އެއް އިންސާނަކާ އަނެއް އިންސާނަކު ވާހަކަދެއްކުމުގައި ހަޑިހުތުރު ލަފުޒުތައް ބޭނުން ނުކޮށް ފަރުޖެއްސެން ހަމަ ނެތީހެއްޔެވެ. މިއީ މިހާރުގެ ސްޓައިލޭ ކިޔައިގެން ތިބެންވީހެއްޔެވެ.  ތިޔަ ޒުވާނުންގެ ދަރީންނަށް އެ އަޑުތައް އިވެން ހަމަ ރުހެނީތޯއެވެ. އެފަދަ ލަފުޒުތައް ގޮވާލާ އަޑުއިވުނީމާ ހިތަކަށް އުނދަގުލެއް ނުވޭތޯއެވެ. އާޚިރު ނަތީޖާއެއްގެ ގޮތުން އެ ދަރީން އަޅުގަނޑުމެންނާ މުޚާތަބުކުރާއިރު އެފަދަ ލަފުޒުތައް ބޭނުންކުރާން ރުހޭނަންހެއްޔެވެ. އަހަރެމެންގެ ރަސޫލާ ﷺ ގެ މުޅި ސީރަތަށް ( މުޅި ޙަޔާތައް ) ބެލިކަމުގައިވިޔަސް ކީރިތިރަސޫލާ ﷺ ދުވަހަކުވެސް ނުރުހުމުގެ ގޮތުންވިޔަސް ބޭއަދަބީ ބަހެއް ވިދާޅުވެފައެއް ނެތެވެ. އިތުރު އެކަލޭގެފާނުންގެ ސީރަތުން ޢިބުރަތް ލިބިގަނެގެން އެފަދަ  ކަންކަން އިސްލާހުކުރަން އަދުގެ ޒުވާނުން ތެދުވާކަށް ނުވޭތޯއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1