ލިޔުނީ: ޙަލީމަތު ރަޙީމާ
14 ޑިސެންބަރު 2023
0
ހައިޕަރ އެކްޓިވް ކުދިންނާއި، އެންޒައިޓީ ކުދިންނާއި، އޯޓިޒަމް ކުދިންނާއި، ނަފްސާނީ ވެފަ ތިބޭކުދިންނާއި، ސްޓްރެސް ވެފަ ތިބޭ ކުދިންނާއި، ކުދިންގެ ގައިގާ ތަޅާ ކުދިންނާއި، ހަޑިހުތުރު އެއްޗިހި ގޮވާ ކުދިންނާއި، މިފަދައެންމެހާ ކުދިންނަށް އަޅާލުމާއި ލޯތްބާއި ހައްގުތައް ލިބިދޭންޖެހޭނެއެވެ. މަލާމާތްކުރުމާއި އެކުދިން ބާކީ ކޮށް އަޅާނުލާ ދޫކޮށްލައިގެންވެސް ނުވާނެ އެވެ.
ހަމަ އެގޮތަށް އެކުދިންގެ ފަރާތުން އެހެން ކުދިންނަށް ލިބޭ އަނިޔާތައް ވެސް ހުއްޓުވެން ޖެހެއެވެ. އެކެއްގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި އަނެކެއްގެ ހައްގު ނިގުޅައެއް ނުގެނެވޭނެ އެވެ. ހަޑިހުތުރު ބަސްތައް ކިޔަން ނޭނގޭ ކުއްޖާއަށް އެފަދަ ބަސްތައް ކިޔާ ކުދިންގެ ފަރާތުން އެ ބަސްތައް އަބަދު އަޑު އިވިއިވި އެ ދަސްވެއެވެ. ނުބައި އަޚްލާގީ ކަންކަން ކުރާ ކުދިންގެ ފަރާތުން ރަނގަޅު ކުއްޖާއަށް އެ މަންޒަރުތައް ފެނިފެނި ދަސްވެއެވެ. މިއީ ކިހާބޮޑު އަނިޔާއެއްތޯއެވެ!
ނުބައި އަޚްލާގީ މައްސަލަތައް ހުންނަ ކުދިންނަށް އެއްވެސް އަދަބެއް ނުލިބުމަކީ އެކުދިން ނުބައި ގޮތުގައި އުޅެން ލިބޭ ބާރެކެވެ. އެހެން ކުދިންގެ ހައްގުތައް ނިގުޅައި ގަންނަ ސަބަބެކެވެ. މިނުބައި އަސަރު އެހެން ކުދިންނަށްކުރުވާ ސަބަބެކެވެ . ވީމާ އެކުދިންގެ ތަރުބިއްޔަތު ރަނގަޅު ކުރުމަށްޓަކާ އެކުދިންގެ އުމުރާ ގުޅޭ ގޮތަށް ކޮންވެސް ވަރެއްގެ އަދަބެއް ލިބެން ޖެހެއެވެ. އެއީ އެކުއްޖާއަށް ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާއެއް ނުލިބޭ ގޮތަށެވެ. އެކުރެވުނީ ރަނގަޅު ކަމެއް ނޫންކަން އަންގައި ދިނުމަށެވެ.
ތަރުބިއްޔަތުގެ އެންމެ މަތިވެރި ނަމޫނާކަމުގައިވި މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވަނީ ނަމާދު ނުކުރާނަމަ އަދަބުދީގެންވެސް ނަމާދު ކުރުވުމަށެވެ. މީގެން ވެސް އަންގައިދެނީ ކުއްޖާ ރަނގަޅު ކަންކަމަށް ހޭނުވުމަށް އަދަބު ދެވޭނެކަމެވެ .އަބަދު އިވެނީ ގޯސްއަމަލުތައް ކުރެވޭ ކުއްޖާގެ ހައްގުގައި ވާހަކަ ދެކެވޭ އަޑުތަކެވެ. ނަމަވެސް އެފަދަ ކުދިންގެ އަމަލުތަކުގެ ސަބަބުން، ބަސްއަހައިގެން އުޅޭ ކުއްޖާގެ ހައްގުތައް ގެއްލޭ ވާހަކައިގެ އަޑު ވަރަށް މަޑެވެ. މިސާލަކަށް އަޑުގަދަކަމުން ކިޔަވަން އުނދަގޫވުން، ބައެއް ކުދިންގެ ތަކެތި ނެގުމާއި ހަލާކުކުރުން، ކޮށްޕާލުން، ޖެހުން، ހަޑިހުތުރު ބަސްތަކުން މުހާތަބުކުރުން ފަދަ ކަންކަމަކީ ވެސް އެކަންކަން ވިޔަނުދިނުމަށް ކުރަންޖެހޭ ކަންކަމާމެދު ވިސްނާލުން ވަރަށް މުހިންމު އަދި އިސްލާޙްކުރަންޖެހޭ މުހިންމު ކަންކަމެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1